
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އަބަދުވެސް އަންގަވަނީ ގާނޫނާ އެއްގޮތަށް ކަންކަން ކުރެއްވުމަށް ކަމަށާއި ގާނޫނާ ހިލާފު ކަމަކަށް އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ މިއަދު ވިދާޅުވެއްޖެއެވެ. ސައުދުﷲ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ އުމުރުން މިވީހާ ދުވަހެއު، އަދި މާލޭގައި ދިރިއުޅުއްވާތާ 45 އަހަރުވީ އިރު، ތަހުގީގީ އިދާރާއަކަށް ތަހުގީގަކަށް ނުވަތަ ޝަރުއީ ކޯޓަކަށް މައްސަލައެއްގައި ގެންގޮސްފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް ބައްލަވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް އުޅެވޭތޯއެވެ. “ހަމައެހެންމެ ގާނޫނާއި ގަވައިދާ ހިލާފަށް ކުރާ އެއްވެސް ކަމަކަށް، އެއްވެސް އިރެއްގައި ތާއީދެއް ނުކުރަން އަދި ކުރިއަށް އޮތް ތަނުގައި ވެސް ތާއީދު ނުކުރާނަން.” ސައުދުﷲ ވިދާޅުވިއެވެ. ސައުދުﷲ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ވެސް ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނަށް އަންގަވަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަންކަން ކުރެއްވުމަށް ކަމަށެވެ. އަދި އޭނާ އަށް ވެސް ރައީސް ޑރ. މުއިއްޒު އިރުޝާދު ދެއްވާފައިވަނީ އެގޮތަށް ކަންކަން ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ.
އެއްވެސް ހާލެއްގައި ގާނޫނާއި ގަވައިދާ ހިލާފު ކަމަކަށް ރައީސް ޑރ. މުއިއްޒު ތާއީދެއް ނުކުރައްވާނެ ކަމަށާއި އެ ޔަގީންކަން އެބައޮތް ކަމަށް ސައުދުﷲ ވިދާޅުވެފައިވެއެވެ. ސައުދުﷲ މިގޮތަށް ވިދާޅުވީ، ބެލެވޭ ގޮތުގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ދެކޮޅަށް ހައި ކޯޓަށް މައްސަލަ ހުށަހަޅާފައިވާ މި ދަނޑިވަޅުގައި ސައުދުﷲ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީއެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅީ އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކޮށްފައިވާ މުހައްމަދު ރާޣިބު އަހްމަދެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއިންނެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުއިއްޒު ތިނަދު އަށް ވަޑައިގެން ވިދާޅުވީ ނަން ބޯޑެއް ބަދަލު ކުރިޔަސް، ތިނަދޫ ސިޓީއަކަށް ނުވާ ކަމަށާއި ޕީއެންސީގެ ވެރިކަމެއްގައި ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ލިބޭ މިންވަރަށް ތަރައްގީކޮށް ދެއްވާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
