
ބައެއް ސިޔާސީ ޕާޓީތަކުން ހިންގާ ޤާނޫނާ ޚިލާފު އަދި އިޖުތިމާޢީ މިންގަނޑުން ބޭރު ހަރަކާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ހޮޅުދޫ ދާއިރާގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު ހުށަހެޅުއްވި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސްކޮށްފިއެވެ. މި ޤަރާރަށް ތާއިދުކުރައްވާ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ވިދާޅުވީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އަނެކާގެ ޙައްޤުތަކަށް އުނިކަން ނާންނަ ގޮތަށް ކަމަށާއި، މަގުމަތީގައި ނޭދެވޭ ބަސްތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް ހުއްޓުވަން ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. ބައެއް މެންބަރުން ވަނީ ޤާނޫނާ ޚިލާފުވާ ޕާޓީތައް އުވާލުމަށްވެސް ގޮވާލައްވާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން މި ޤަރާރަށް އިއުތިރާޒު ކުރައްވަމުން ވިދާޅުވީ، ޒާތީ ކަންކަމަށް ވާހަކަދެއްކުން ބަލައިނުގަނެވުނު ނަމަވެސް، ސިޔާސީ ހަރަކާތްތަކަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ހިންގާ ކަންކަން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ބޭސް ކުންފުނީގެ ދަށަށް ހުރިހާ ކަމެއް ބަދަލުވާނީ ޖުލައި މަހު، ނަތީޖާ ފެންނަން ހަ މަސް ނަގާނެ: ޝާހު
(ފޮޓޯ ކްރެޑިޓްސް: މިހާރު) ރާއްޖެއަށް ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް ގެނައުމުގެ މަސައްކަތްތައް އަންނަ ޖުލައި 1 އިން ފެށިގެން އާ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލްގެ...
ރައީސްގެ ދެކަނބަލުން ލަންކާގެ ޤައުމީ ދާރުލްއާސާރަށް ޒިޔާރަތްކުރައްވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގައި ކޮލަމްބޯގެ ނެޝަނަލް މިއުޒިއަމަށް ޒިޔާރަތްކުރައްވައިފިއެވެ....
ދެލިމާލި ނެރެ، ގައުމުތަކު ވެރިންނަށް މަލާމާތްކުރަން ހިތްވަރުދިނީ ޔާމީން: ފަލާހް
ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ގައުމުތަކުގެ ވެރިންނަށް މަލާމާތްކޮށް، މަގުމަތީގައި ހިންގާ ދަށުދަރަޖައިގެ އަމަލުތަކަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވަރަށް...
ރައްޔިތުންގެ ތާއީދު ހޯދަން ވިޔާނުދާކޮށް އުޅުމަކީ ބައެއް ޕާޓީތަކަށް ގަބޫލު ކުރެވޭ ގޮތް: ސައުދުﷲ
ރައްޔިތުންގެ ތާއީދު ހޯދުމަށް ބައެއް ސިޔާސީ ޕާޓީތަކުން މަގުމަތީގައި ހަޑިހުތުރުކޮށް އުޅުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ...
އެމްޑީޕީގެ މެމްބަރުން ތިބީ ދެ އާއިލާއެއްގެ ޒުވާބުގައި ތާށިވެ، ސިޔާސީ މަސައްކަތް ނުކުރެވިފައި: ރީކޯ
(ފޮޓޯ ކްރެޑިޓްސް: ވަގުތު) އެމްޑީޕީގެ 50،000 އެއްހާ މެންބަރުން ތިބީ ދެ އާއިލާއެއްގެ ޒުވާބެއްގައި ތާށިވެ، ސިޔާސީ މަސައްކަތް ނުކުރެވިފައި ކަމަށް އެ ޕާޓީގެ ކުރީގެ...
ލަންކާގައި ދިވެހި ޕާސްޕޯޓާއި އައިޑީކާޑުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން...
