
ފޮޓޯ ކްރެޑިޓްސް: ވަގުތު
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ބާއްވާ “ހަފުތާ 52” ގެ މަސައްކަތު ބައްދަލުވުން ވަޒީރު އާދަމް ޝަރީފު އުމަރު މިއަދު އިފްތިތާހް ކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު އުމަރު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ މިނިސްޓްރީގެ ލެވެލްގައި ކުރިއަށް އޮތް ތަނުގައި މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރި ކަންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައި އެ ކަންކަން ރަނގަޅު ކުރެއްވުމަށް ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މާޙައުލެއްގައި މަޝްވަރާކުރެވި، ކުރިއަށް އޮތްތާގައި ރަނގަޅު ހިދުމަތްތަކެއް ދިނުމަށް މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްކުރުން ކަމަށެވެ.

ފޮޓޯ ކްރެޓްސް: ވަގުތު
“އަޅުގަނޑުމެން ތަންކޮޅެއް ފުންކޮށް ވިސްނާލާ ވޭތުވެ ދިޔަ އަހަރު އަޅުގަނޑުމެންގެ މި މިނިސްޓްރީ، އިދާރީ ހިންގުމާއި، އަދި މި މިނިސްޓްރީގެ ކަންކަން ހުރި ގޮތް ރަނގަޅަށް ދެނެގަތުމަށް ޓަކައި ތަހުލީލީ ނަޒަރަކުން އެ ކަންކަމާ ދޭތެރޭގައި ފުންކޮށް ވިސްނައިލައިގެން މަސައްކަތްކޮށްލައިގެން އަޅުގަނޑުމެން ކުރިއަށް ދިއުން(ބޭނުމަކީ)” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ވޭތުވެ ދިޔަ އަހަރަކީ މިނިސްޓްރީގެ ސިވިލް ބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތްތައް މޭނޭޖް ކޮށްގެން ކުރިއަށް ގެންދިޔަ އަހަރެއް ކަމަށާއި، އެ ގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރެއްވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.

ފޮޓޯ ކްރެޑިޓްސް: ވަގުތު
އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދެވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދެވިކަމަށާއި އެ ގޮތުން އީދުލައިޓްސް ރަށްރަށަށް ފޮނުވުމާއި، ރޯދަ ހަދިޔާ އަތޮޅުތަކަށް ބެހުމުގެ އިތުރަށް ރަށްރަށުގެ ކައުންސިލްތަކާއެކު ގިނަ ގުނަ މަސައްކަތްކުރަވައި ސީދާ މިނިސްޓަރު 178 ބައްދަލުވުމެއް ޗެއާ ކުރެއްވިކަން ވަނީ ފާހަގަ ކުރައްވައިފައެވެ.
އެއް ދުވަހުގެ މުއްދަތަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި ސިޓީސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އަތޮޅުތެރޭގައި މަސައްކަތްކުރައްވާ މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
