
ހދ. ހަނިމާދޫ އެއާޕޯޓްގައި ސީ ޕްލޭންގެ ހިދުމަތް ވަރަށް އަވަހަށް ގާއިމްކުރާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ. ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވިދާޅުވީ ހަނިމާދޫގައި މިހާރު އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމުގެ ބޮޑު މަޝްރޫއެއް ހިނގަމުންދާ ކަމަށެވެ.
އެއީ އިންޑިއާގެ އެގްޒިމް ބޭންކުން ލޯނުގެ އެހީގައި ސަރުކާރުން ގެންދާ ޕްރޮޖެކްޓެއް ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ފެބްރުއަރީ ހިސާބުގައި ނިމޭނެ ކަމަށް ޓައިމް ލައިންގައިވާ ކަމަށް ވިދާޅުވިއެވެ.

ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
“އަޅުގަނޑު ވެސް ވަދެގެން މި އުޅެނީ ހަނިމާދޫ އެއާޕޯޓް ކަންތަކާ. ހަނިމާދޫ އެއާޕޯޓްގެ ހުރިހާ ކަންތައްތަކެއް ކޮންޓްރެކްޓާ ސައިޑުން އެތަނަށް ބޭނުންވާ ހުރިހާ މުދަލެއް ވަނީ ގަނެފައި. ކުރަން ޖެހޭ ހުރިހާ ބޮޑެތި މަސައްކަތެއް ވަނީ ނިމިފައި. އެތަނުގައި ދެން ކަމެއް ހުއްޓާލެވޭކަށް ނެތް. ހުއްޓާލަން ބުންޏަސް ހަރަދު ހިނގާނެ.” މުޖުތަބާ ވިދާޅުވިއެވެ.
އެ ޓާމިނަލް ހުޅުވިގެން ދަނީ ނެރޯ ބޮޑީގެ މަތިންދާ ބޯޓުތަކަށް ހާއްސަކޮށް ކަމަށާއި މިހާރު އެތަނުގައި ކުރިއަށް ދަނީ އެމްއެންޑީއެފްގެ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓް ވަކި ބަދަލެއް ނުގެނެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
“އެތަނަށް އަޅުގަނޑުމެންގެ އޮތް ބިޒްނަސް ޕްލޭނަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތަށް ރަންކުރާއިރު ހަނިމާދޫއަކީ ފައިދާ ކުރާނެ އެއާޕޯޓަކަށް ހެދުމުގެ ވިސްނުން. ފައިދާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. ވަރަށް އަވަހަށް ހަނިމާދޫގައި ސީ ޕްލޭން ގާއިމްކުރާނަން. އެއީ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒަބަލް ވާނީ ކައިރީގައި ހުރި އެނދުތަކަކަށް އެކްސެސްވެގެން. އެހެންވީމަ 80 ކިލޯމީޓަރުގެ ރޭޑިއަސްއެއްގައި ހަނިމާދޫއަށް ޖައްސާ ފްލައިޓްތަކުން އަންނަ ޕަސެންޖަރުންނަށް ރިސޯޓްތަކަށް ދެވޭނަމަ ހަނިމާދޫ އެއާޕޯޓުން ފައިދާ ވާނެ.” މުޖްތަބާ ވިދާޅުވިއެވެ.
މުޖްތަބާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގެ މަސަައްކަތް ނިންމައި ހުޅުވުމުގެ ކުރިން ސީ ޕްލޭންގެ ހިދުމަތް ގާއިމް ނުކުރެވުނު ކަމުގައިވީ ނަމަވެސް ހުޅުވާލުމާއެކު ސީ ޕްލޭންގެ ހިދުމަތް ފަށާނެ ކަމަށެވެ. އޭރުން އެ އެއާޕޯޓުން ފައިދާ ލިބޭނެ ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްސްއާ ހަވާލުކޮށްގެން ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ބޭނުން ކުރަން ފަށާފައި ވަނީ ރަންވޭގެ އެއް ބައެވެ. އެއީ 1،200 މީޓަރުގެ ރަންވޭއެވެ. އެ މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައި ވަނީ 2،460 މީޓަރުގެ ރަންވޭއެކެވެ. އެއާޕޯޓު މަޝްރޫއަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ލޯނު ހަމަޖައްސައިފައެވެ. އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ގޮތަށް ހަދަމުން އަންނަ މި އެއާޕޯޓުގެ ރަންވޭގެ އެއްކޮށް ނިމުމުން، އޭ320 އަދި ބޮއިން737 ބޯޓުތައް ވެސް ޖެއްސޭނެއެވެ.
މި މަޝްރޫއުގެ ދަށުން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވޭނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
