
ފޮޓޯ ކްރެޑިޓްސް: ވަގުތު
ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ %85 މަސައްކަތް ނިމިފައިވާ ކަމަށާއި އަންނަ ޖޫން ނޫނީ ޖުލައި މަސް ތެރޭގައި ޓާމިނަލް އޮޕަރޭޝަނަށް ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، އެއާޕޯޓު އާ ޓާމިނަލްގެ ބައެއް ނަމަވެސް މި އަހަރު ހުޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވި ކަމެއް ކަމަށެވެ. އަދި އެކަމަކީ މި އަހަރު ޓެކްނިކަލީ ކުރެވިދާނެ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް
އެކަމަކު، ރާއްޖެއަށް އަންނަ ހުރިހާ އެއާލައިންތަކުގެ ރިޕްރެޒެންޓް ކުރާ އެއާލައިން އޮޕަރޭޓާސް ކޮމިޓީ (އޭއޯސީ) އިން އަންގާފައި އޮތީ މި އަހަރުގެ ބާކީ މި އޮތް ދުވަސްވަރު އެއާޕޯޓު އާ ޓާމިނަލުން ނިމުނު ބައި ނުހުޅުވަން ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ވިންޓާއެއްގެ ސުޕާ ޕީކްގައި ޓެކްނިކަލް މައްސަލައެއް ދިމާވެދާނެ ކަމަށްޓަކައި މި އަހަރު ކޮމްޕޯނަންޓެއް ނުހުޅުވައި ޖުމްލަކޮށް ލޯ ސީޒަންގައި ހުޅުވޭނެ ގޮތެއް ހަމަޖައްސައި ދިނުމަށް އޭއޯސީން އެދިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
“މި ބޭފުޅުން މިހެން ވިދާޅުވާ އެއް ސަބަބަކީ މިސާލަކަށް މައްސަލައެއް ދިމާވެގެން މިކޮޅުން ދޮޅު ގަޑިއިރު ޑިލޭއެއްވީ. ދުބާއީ އިން ޔޫރަޕަށް ހުރި ކަނެކްޝަން ފްލައިޓުތައް، ހުރިހާ ފްލައިޓުތަކަށް އޭގެން މައްސަލަ ދިމާވާނެ. އެހެންވެ، އެކަން އަޑު އައްސަވައި ރައީސް ވެސް ހުއްދަ ދެއްވީ މި އަންނަ އަހަރަށް ހުޅުވަން.” ޝަރީފް ވިދާޅުވިއެވެ.

ފޮޓޯ ކްރެޑިޓްސް: ވަގުތު
ޝަރީފް ވިދާޅުވީ މިހާރުގެ ޝެޑިއުލަށް ބަލާ ނަމަ، މި އަންނަ އަހަރުގެ ޖޫން ނޫނީ ޖުލައި މަހު އާ ޓާމިނަލް ހުޅުވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. “ޓާމިނަލްގެ މަސައްކަތްތައް ރާވާފައި އޮތް ވަރާ އެއްވަރަށް ނުވަތަ މިހާރު ޕްލޭންޑް ލެވެލްއަކީ މިއަދާ ހަމައަށް %82. އަޅުގަނޑުމެންނަށް ހާސިލް ކުރެވިއްޖެ ގާތްގަނޑަކަށް %85. އޭގެ މާނައަކީ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތްތައް އެބަދެއޭ.” ޝަރީފް ވިދާޅުވިއެވެ.

ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް
ޝަރީފް ވިދާޅުވީ އެމްއޭސީއެލްއާ ހަވާލުވެވަޑައިގެންނެވި ފަހުން، އެ ކުންފުނީގެ ފަރާތުން މަސައްކަތް ލަސްވާނެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
އެއާޕޯޓުގެ ޓާމިނަލްގެ މަސައްކަތަކީ ނުނިމި ވަރަށް ބޮޑަށް ދިގުލައިގެން ދިޔަ މަސައްކަތެކެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެ މަޝްރޫއު ގާތްގަނޑަކަށް އޮތީ ހުއްޓިފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު، ނިމިފައިވަނީ އާ ޓާމިނަލްގެ %54 މަސައްކަތެވެ.
މި މަޝްރޫއު އަވަސް ކުރުމުގެ ގޮތުން ރައީސް ޑރ. މުއިއްޒު މަސައްކަތް ކުރައްވައިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) 1.2 ބިލިއަން ރުފިޔާ ހަމަޖެހުނެވެ. އެ މަޝްރޫއު ނިންމަން ސައުދީ އަރަބިއްޔާ އިން ވެސް ވަނީ 100 މިލިއަން ޑޮލަރު ދޭން ނިންމައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
