
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
އައިލެންޑް އޭވިއޭޝަނުން 1.12 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރުގެ ހަވާސާއަށް ބަލާއިރު، 7.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ޖެނަރޭޓް ކުރެވުނު ކަމަށެވެ. އޭގެ ތެރެއިން ނެޓް ޕްރޮފިޓް އުޅެނީ 9.7 މިލިއަން ރުފިޔާގައި ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަކީ ކޭޝްކޮށް ވިޔަފާރިކުރާ ބައެއް. ނަމަވެސް ސަރުކާރުގެ އެސްއޯއީތަކުން ދޭންޖެހޭ ފައިސާ އެބަހުރި. އެގޮތުން އައިލެންޑް އޭވިއޭޝަނުން 1.12 ބިލިއަން ރުފިޔާ އެބަހުރި އެމްއޭސީއެލްއަށް ދޭންޖެހޭ.” ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އަހަރަކު 78 މިލިއަން ރުފިޔާގެ ސަބްސިޑައިސްކޮށް އައިލެންޑް އޭވިއޭޝަންއަށް ޑިސްކައުންޓް ދޭއިރުވެސް 1.12 ބިލިއަން ރުފިޔާ އެމްއޭސީއެލްއަށް ދޭން ޖެހޭ ކަމަށެވެ.
އެމްއޭސީއެލްއިން ބޭންކްތަކަށް ގޮސް ވޯކް ކެޕިޓަލް ނަގަން ޖެހޭ ސަބަބަކީ އެއީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެ ފައިސާތައް ލިބޭ ނަމަ ފައިނޭންޝަލް ހަރަދު ވެސް ކުޑަވާނެ ކަމަށް ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާއި ހަވާލުވިއިރުގައި ސަރުކާރުގެ ވަރަށް ގިނަ އެސްއޯއީތައް އޮތީ އެކި ކުންފުނިތަކަށް ދަރާފައެވެ. އަދި ގިނަ ކުންފުނިތަކެއް ހިންގަމުން ދިޔައީ ގެއްލުމުގައެވެ. ކުންފުނިތަކުގެ ދަރަނި ކުޑަކޮށް ގެއްލުމުގަައި ހިނގާ ބައެއް ކުންފުނިތައް އެއްކޮށްލައި ރިފޯމްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
