
ފޮޓޯ ކްރެޑިޓްސް: ވަގުތު
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ އިއުލާންކޮށްފިއެވެ. ވަގުތީ ނަތީޖާ އިއުލާން ކޮށްފައިވަނީ، ވޯޓްލާ މަރުކަޒުގައި ވޯޓް ގުނައި، އެ މަރުކަޒުގައި އިއުލާންކުރި ގޮތުގެ މަތިންނެވެ. ޕީއެންސީން ބުނީ މުޅި ރާއްޖޭގައި ބެހެއްޓި 143 ވޯޓް ފޮށީގެ ވޯޓް ކަރުދާސްތަކާއި، ނަތީޖާ ޝީޓުތަކުގެ އަސްލު، ޕާޓީގެ ރަސްމީ އޮފީހަށް ލިބުމުން ހުށައެޅިފައިފައިވާ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ދާއިމީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށެވެ.
އިއުލާންގައި ބުނެފައިވާ ގޮތުން އިނަތިހާބުގެ ވޯޓުލުން ކުރިއަށް ދިޔަ މަގާމުތަކާއި، ،ވޯޓަކާއި ނުލާ އިންތިހާބުވެގެންދިޔާ މަގާމުތަކާއި މަގާމުގެ ހައިސިއްޔަތުން ކޮމިޓީގައި ހިމެނޭ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ސްޓިއަރިންގެ ކޮމިޓީތަކުން، އެކޮމިޓީގެ މެންބަރުންގެ ހާމަ ވޯޓަކުން 72 ގަޑިއިރު ތެރޭގައި ކަނޑައަޅަންޖެހޭ އިތުރު މަގާމުތައް ކަނޑައެޅުމުގެ އިޖުރާއަތު ކުރިއަށް ގެންދާނީ ދާއިމީ ނަތީޖާއަށް ފަހު ޕާޓީން ކަނޑައަޅާ އިންތިޒާމެއްގެ ތެރެއިންނެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ އިންތިހާބުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ސްޓިއަރިން ކޮމިޓީ ފަދަ ރަށްރަށުގައި ހިންގާ ހަރަކާތްތަކުގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރިއެވެ. ދާއިރާއެއްގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ހުންނަ ނަމަ، އެ ދާއިރާއެއްގެ ރައީސެއް އިންތިހާބު ނުކުރާނެއެވެ. އެ ދާއިރާތަކަށް އިންތިހާބު ކުރާނީ ދާއިރާގެ ނައިބު ރައީސުންނާއި އެހެނިހެން މަގާމުތަކަށެވެ.
މީގެއިތުރުން ކޮންމެ ދާއިރާއެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާރުގެ ރައީސް އަދި ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސުން އިންތިހާބުކޮށްފައިވެއެވެ. ޕީއެންސީން ބުނި ގޮތުގައި އެތެރޭގެ އިންތިހާބުގައި 1،984 މަގާމަކަށް ބޭފުޅުން އިންތިހާބުކޮށްފައިވެއެވެ. އޭގެ ތެރޭގައި އިންތިހާބަކާ ނުލައި ހޮވިވަޑައިގެންނެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ އިރު، އިންތިހާބުގައި 667 ކެންޑިޑޭޓުން ވާދަކުރިއެވެ. ޕީއެންސީން ކުރިން ހާމަކުރި ގޮތުގައި މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
