
ފޮޓޯ ކްރެޑިޓްސް: ވަގުތު
ޒަކާތު ފަންޑުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މި އަހަރު 8 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެންސްޕާއިން ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ބޯން މެރޯ ހެދުމަށް މި އަހަރު ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވީ 14 ކުދިންނެވެ. މިއަހަރުތެރޭ ބޯން މެރޯ ހަދަން މި ސަރުކާރުން ފޮނުވި ކުދިންގެ ތެރެއިން 1 ކުއްޖަކު ނިޔާވެފައިވާއިރު، 3 ކުއްޖަކު އެއްކޮށް ފަރުވާ ނިމި ބަލިން ފަސޭހަވެފައި ވެއެވެ. އެންސްޕާއިން މިއަދު އާއްމު ކުރި މައުލޫމާތަށް ބަލާއިރު، ބޯންމެރޯއަށް ފޮނުވި ކުދިންގެ ތެރެއިން ޓްރާންްސްޕްލާންޓް ނިމިފައި ވަނީ އަށް ކުދިންނެވެ. އަދި ބޯންމެރޯ ޓްރާންސްޕްލާންޓް ކުރަމުންދާ ކުދިންގެ އަދަދަކީ 5 އެވެ.
މިކަންކަމަށް މިހާތަނަށް 8 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ހަރަދު ކޮށްފައި ވެއެވެ. ސަރުކާރުން ނިންމަވާފައިވާ ގޮތުގައި، ޒަކާތު ފަންޑުގެ އެހީގައި ކޮންމެ އަހަރަކު 10 ކުދިން ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެއެވެ. މި ޕްރޮގްރާމްގެ ދަށުން އަންނަ އަހަރު ފޮނުވާ 10 ކުދިން ކަނޑައެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބޯންމެރޯ ހަދަން އެދި ހުށަހަޅާފައިވާ ކުދިންގެ ތެރެއިން، ސިއްޙީ ޙާލަތު ތަންދޭ ކުދިން ދެނެގަތުމަށް ބޭނުންވާ ޓެސްޓުތައް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ކުދިންނަށް އެހީތެރިވުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. ޒަކާތު ފަންޑުގެ އެހީގައި މި ޕްރޮގްރާމް ހިންގުމަށް ނިންމުމަކީ، އިސްލާމީ އުސޫލުތަކާ އެއްގޮތަށް، މުޖުތަމައުގެ ބޭނުންތެރި ދާއިރާތަކަށް ޒަކާތުގެ ފައިސާ ބޭނުންކުރުމަށް ފެށި މަސައްކަތެކެވެ.
މި ޕްރޮގްރާމްގެ ސަބަބުން، ގިނަ އަދަދެއްގެ ދިވެހި ކުދިންނަށް އެކުދިންގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ މުހިންމު ފަރުވާ ލިބިގެންދާނެއެވެ. އަދި މީގެ ސަބަބުން އެ ކުދިންގެ އާއިލާތަކަށް ލުޔެއް ލިބި، ޤައުމީ ފެންވަރުގައި ސިއްހީ ދާއިރާ ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ. ފަރުވާ ހޯދުމަށް ބޯން މެރޯ އޮޕަރޭޝަން ކުރުމަށްފަހު 3-6 މަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި ތިބެން ޖެހެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
