
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
ޑިސެމްބަރުގައި މަޖިލީސް ޗުއްޓިއަށް ދާނީ މިހާރު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ބާރަށް ހިނގަމުންދާ އިސްރާއީލްގެ ޕާސްޕޯޓް މައްސަލައާ މެދު ގޮތެއް ނިންމާފައި ކަމަށް ވިިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަ މައްސަލަ މަޖިލީހުގެ ކޮމެޓިގައި ހިނގަމުންދާއިރު، މި މައްސަަލައިގައި ގިނަބަޔަކާއި މަޝްވަރާ ކުރުމަށް އެ ކޮމެޓީން ނިންމާފައި ވެއެވެ. އަދި އެ ކޮމެޓީގެ ބައްދަލުވުންތައް މި ހަފްތާ އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަނީ ހިނގަމުންނެވެ. ޑިސެމްބަރު 15 އާ ހަމައަށް މަޖިލީސް މިހާރު ވަނީ ދަންމާލާފައެވެ.
ރައްޔިތުންގެ މަޖިލީސް ކުރިމަތީގައި ޑރ. ޝަޒްރާ އިބްރާހިމްގެ ކުރެއްވި ސުވާލަަކަށް ޖަވާބުދެއްވަމުން މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، މަޖިލިސް ބަންދު ދުވަހުގައިވެސް އިސްރާއީލުގެ ޕާސްޕޯޓްގެ މައްސަލަ އަވަސް ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން އެ ކޮމެޓީ ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ. “މާތްﷲ އިރާދަކުރެއްވިއްޔާ މި މަސް ނިމުމުގެ ކުރިން، މަޖިލީސް ރިސެސްއަށް ދިއުމުގެ ކުރިން، ތިއީ ވަރަށް ބޮޑު ކަމެއް އެނގޭތޯ، ތިއީ ކުޑަ ކަމެއް ނޫން، އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ ގައުމަކަށް ތިވަރުގެ ބޮޑު ޑިޒިޝަނެއް ނަގާއިރު، ވަރަށް ގިނަ ފަރާތްތަކާއި ޑިސްކަން ކުރަން އެބަ ޖެހޭ،”. ޝަޒްރާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވިއެވެ.
އަދި ފަތުރުވެރިކަމާއި ގުޅުން ހުރި ބޭބޭފުޅުންނާއި މަޝްވަރާ ކުުރުމަށް ފަހު ގައުމަށް އެންމެ ލޮޅުން ކުޑަ، އެންމެ އިގްތިސޯދީ ގޮތަށް އެންމެ އަސަރު ކުޑަވާނެ ގޮތަކަށް ކޮމެޓީން މަސައްކަތް ކުރަމުންދާ ކަމަށް މެންބަރު ވިދާޅުވިއެވެ. “އަޅުގަނޑުމެން މި ބަލަނީ، ރައީސް އަންގަވާފައި އޮތީ މަޖިލީސް ބަންދަށް ދިއުމުގެ ކުރިން، މަޖިލީސް ދަމާވެސް ލައިފި، ޑިސެމްބަރު 15އާ ހަމައަށް މަޖިލީސް ރިސެސްއަށް ދާނީ، އޭގެ ކުރީގައި އަޅުގަނޑުމެންނަށް ﷲ އިރާދަކުރެއްވިއްޔާ އެންމެން ލޭ ވަރަށް ސާފްކޮށް މި ހުރީ، އަޅުގަނޑުމެން މި ބިލް ވަކި ގޮތަކަށް ނިންމާފައި އަޅުގަނޑުމެން ދާނީ،”. އޭނާ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
