
ފޮޓޯ ކްރެޑިޓްސް: ވަގުތު
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލާ ގުޅިގެން ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓަރސް (މަޓާޓޯ) ގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ. އެނގިފައިވާ ގޮތުގައި އެންއެޗްގޭމް ހާޒިރު ކުރަން ނިންމާފައި ވަނީ މާދަމާއެވެ. މަޓާޓޯގެ ވެރިން ހާޒިރު ކުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް (މަޓީ) ގެ ވެރިން ވެސް ކޮމިޓީއަށް ހާޒިރުވާން ދައުވަތު ދިނެވެ. އެކަމަކު، މަޓީން ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި މަޓީން ޖަވާބެއް ނުދީ އޮތީ ސަރުކާރާ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރުމުން ކަމަށް ބެލެވެއެވެ.
ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދަށް މަޓީން ވަނީ ދެކޮޅު ހަދައިފައެވެ. އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ކޮމިޓީއަށް ފޮނުވިތާ އެތައް ދުވަހެއް ފަހުން، ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެންމެ ފުރަތަމަ މި ބިލްގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައެޅީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ބިލްގެ މަސައްކަތް ނިންމުމަށެވެ. އެކަމަކު، މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލްގެ މަސައްކަތް ނިންމަން މިހާރު ވަނީ އަމާޒު ހިފައިފައެވެ.
ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ. ކޮމިޓީއަށް ހާޒިރުވުމާ މެދުގައި މަޓީން ވަކި އެއްޗެއް ނޭނގި އިރު، ޑޮލަރު މާރުކުރަން މަޖުބޫރުވާ ގަވައިދާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ވިޔަފާރިވެރިން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވެއެވެ. އަދި ސަރުކާރުގެ މި ބަދަލާ ގުޅިގެން އެ ވިޔަފާރިވެރިން އިސްވެ، ތިބެ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ވާހަކަތަކެއް ވެސް ފެތުރުނެވެ. އެކަމަކު، މި ފަހުން ގާނޫނުއަސާސީއަށް ގެނައި ބަދަލާ އެކުގައި އެ ކަން ހުއްޓިފައިވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. ގާނޫނުއަސާސީއަށް ގެނައި އެއް ބަދަލަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކެއް ކަނޑައެޅުމެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވެފައިވާ މެމްބަރަކު، އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަ ގޮތުން ކުރިމަތިލައްވައިގެން އިންތިހާބުވި މެމްބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ މަޖިލިހުގެ މެމްބަރަކު، އެ މެމްބަރަކު މަޖިލިހުގެ އުމުރުގެ ތެރޭގައި ތަމްސީލް ކުރައްވާ ޕާޓީން އަމިއްލަ އަށް ވަކިވެވަޑައިގަތުން ނޫނީ ޕާޓީން ވަކި ކުރުމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
