
ފޮޓޯ ކްރެޑިޓްސް: ވަގުތު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރިވެރި ކުންފުންނިތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން އެޗްޑީސީ އަށް ކުލީގެ ގޮތުގައި ލިބެން ޖެހޭ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިއިރު، އޭގެ ތެރޭގައި ބޮޑެތި، ނަން މަޝްހޫރު ވިޔަފާރި ކުންފުނިތައް ހުރި ކަން މިއަދު ހާމަވެއްޖެއެވެ. އެޗްޑީސީން ވަނީ އެ ކުންފުންޏަށް ނުލިބި ހުރި ބިމު ކުލީގެ ފައިސާގެ ލިސްޓެއް ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއާ ހިއްސާކޮށްފައެވެ.
މި ބިންތަކަކީ ހުޅުމާލެ އާއި ތިލަފުއްޓާއި ގުޅީފަޅުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކެވެ. ކުންފުނިތަކުން އެޗްޑީސީއަށް މިލިއަނުން ފައިސާ ދޭން ހުރި ކަމަށް އެ ލިސްޓުން ދައްކައެވެ. އެއީ 18 ކުންފުންޏަކާއި އަމިއްލަ ދެ ފަރުދުން ދޭން ޖެހިފައިވާ ކުއްޔެވެ. މީގެތެރެއިން ބައެއް ކުންފުނިތަކުން ދޭއް ނޫނީ ތިން ބިން ވެސް ކުއްޔަށް ނަގާފައިވެއެވެ.
އެޗްޑީސީއަށް ފައިސާ ދޭން ޖެހޭ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ:
1- ޖައުސާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
2- އެޗްޕީއެޗް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް
3- އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑް
4- ހަންބޯ ކޮމްޕެނީ ލިމިޓެޑް
5- ރެއިންބޯ މެގަ ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް
6- ޔޮޓް ޓުއާސް މޯލްޑިވްސް
7- އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
8- އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް
9- ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ޕްރައިވެޓް ލިމިޓެޑް
10- ރެއިންބޯ އެންޓަ ޕްރައިސަސް ލިމިޓެޑް
11- ހުރަވަޅި ބީޗް ރިސޯޓު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
12- ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
13- މާލާ ހައި ރައިސިން ކޮންސްޓްރަކްޝަން ލިމިޓެޑް
14- މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
15- ހެވީލޯޑް ޕްރައިވެޓް ލިމިޓެޑް
16- ޖައުސާ ޕްރޮޕަޓީ ޑިވެލޮޕްމަންޓް މޯލްޑިވްސް
17- ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
18- އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑް
މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން ކޮމިޓީގެ ނައިބު މުގައްރިރު، އަދި މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ އެކި ފަރާތްތަކުން އެޗްޑީސީ އަށް ދައްކަން ޖެހޭ 1.2 ބިލިއަން ރުފިޔާ ނުލިބިވުމަކީ ދައުލަތަށް ލިބޭނެ ގެއްލުމެއް ކަމަށެވެ. މި ފައިސާތައް ހޯދަން އެޗްޑީސީން ކުރާ މަސައްކަތެއް ވެސް އެނގިވަޑައިގެންފައި ނުވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އެ ފައިސާ ހޯދުމަށްޓަކައި ކުރެވިފައިވާ މަސައްކަތްތައް އެޗްޑީސީ މެދުވެރިކޮށް އޮޅުން ފިލުވަން ހުށަހަޅުއްވައިފައެވެ. ބޮޑެތި ކުންފުނިތަކުން މިގޮތަށް ފައިސާ ނުދައްކާ ހުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އެކްޓިވްކޮށް ހިނގާ ރާއްޖޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތައް އެބަހުރި މިލިއަނުން ކުލި ނުދައްކާ. އަޅުގަނޑުމެން މިދައްކަނީ ސަރުކާރު ކުންފުނިތައް ބަނގުރޫޓުވާ ވާހަކަ. ބަނގުރޫޓުވާނެ ނޫންތޯ ބޮޑެތި ބިންތައް ކުއްޔަށް ނަގާފަ ކުލި ނުދެއްކީމާ،” ޝުޖާއު ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
