
މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ޑޭޓާބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތައް ވިއްކުމާއި ރީ-ރަޖިސްޓްރޭޝަން އޮޅުވާލުމުގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ބައެއް މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު އާސިފް، އަދި ޑރ. މުހައްމަދު ޒާހިރު ވަކިކުރަން މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް، އެ ކޮމިޓީގެ ރިޕޯޓު މަޖިލިހަށް ވަނީ ހުށަހަޅައިފައެވެ. މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓުގައި ޒާހިރު ފިޔަވައި ޒާހިރު ފިޔަވައި ދެން ތިއްބެވި ދެ ބޭފުޅުން ވަކިކުރަން މަޖިލިހުން ވަނީ ފާސްކޮށްފައެވެ.
އެގޮތުން ނަޝާތު ވަކިކުރަން ފެނޭތޯ ނެގި ވޯޓުގައި މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 69 މެމްބަރުންނެވެ. މަގާމުގައި ބަހައްޓަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އާސިފް މަގާމުން ވަކިކުރަން ފެންނަ ކަމަށް 68 މެމްބަރުން ވޯޓު ދެއްވިއިރު، 10 މެމްބަރުން ވޯޓު ދެއްވީ އޭނާ މަގާމުގައި ބެހެއްޓުމަށެވެ. ޒާހިރު މަގާމުން ވަކިކުރަން ފެނޭތޯ ނެގި ވޯޓުގައި 70 މެމްބަރުން ވޯޓު ދެއްވީ އޭނާ މަގާމުގައި ބަހައްޓަން ފެންނަ ކަމަށެވެ. ތިން މެމްބަރުންގެ މައްޗަށް ކުރި 19 ތުހުމަތުގެ ތެރޭގައި، އިލެކްޝަންސް ކޮމިޝަނުގެ ޑޭޓާ ބޭސްއިން މައުލޫމާތު ނަގައިގެން އެޕްލިކޭޝަންތައް ހަދައި ސިޔާސީ ޕާޓީތަކަށް ވިއްކުމާއި، ވަކި ޕާޓީއަކަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ހިމެނެއެވެ. އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރީ ރަޖިސްޓްރޭޝަން އޮޅުވާލުމުގެ ތުހުމަތާއި ވަކި ސިޔާސީ ޕާޓީއެއް އުވާލުމުގެ މަގުސަދުގައި ވަގު ފޯމު ހެދުމާއި، އެ ޕާޓީއަށް 3،000 މެމްބަރުން ހަމަވިޔަ ނުދިނުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ކުރިއެވެ.
މީގެއިތުރުން އީސީއަށް ބޭނުންވާ ކޮމްޕިއުޓާ ސިސްޓަމްތަކެއް ވަކި ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ހޯދުމާއި ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން އެ މެންބަރުންނާ ގުޅުން އޮންނަ ވިޔަފާރިކުރާ ފަރާތެއްގެ ކުންފުނިން ބައެއް ތަކެތި ހޯދުން ވެސް ހިމެނެއެވެ.
އަދި އީސީގެ މުވައްޒަފުންނާ މުއާމަލާތްކުރުމުގައި އިހްތިރާމް ކުޑަކޮށް އަދި ބޭއަދަބީ ބަހުން ނަޝާތު މުއާމަލާތް ކުރެއްވުމާއި ކޮރަޕްޝަނަކީ މައްސަލައެއް ނޫން ކަމަަށް ވިދާޅުވެ، ފައިސާއަށްޓަކައި ވޯޓު ވިއްކާނެކަމުގެ ވާހަކަ ދައްކަވައި އެ ކަންކަމަކީ މައްސަލައެއް ނޫން ކަން ދޭހަވާ މޭރުމުން މެމްބަރުން ވާހަކަ ދައްކަވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަޝާތު، އީސީގެ ބައެއް މުވައްޒަފުން ކޮންޓްރޯލްކޮށްގެން ގެންގުޅުއްވައި އެ މުވައްޒަފުންގެ ކެއުން ހަމަޖައްސައި ދެއްވައި އެ މުވައްޒަފުންނަށް މަންފާ ހޯއްދަވާ ކަމުގެ ތުހުމަތު ވެސް ކޮށްފައިވެއެވެ. ކޮމިޝަންގެ ބައެއް މުވައްޒަފުންނާއި ނަޝާތު ލޯބީގެ ގޮތުން ގުޅުން ބޭއްވިކަމުގެ ތުހުމަތު ވެސް ކުރިއެވެ.
ހަމައެއާއެކު، ބިޑް ކޮމިޓީގެ މެމްބަރުންނަށް ބިރު ދެއްކެވުމާއި ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިނުވާ މުވައްޒަފުންނަށް ވެސް ބިރު ދެއްކި ކަމަށް އޭގައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
