
(ފޮޓޯ ކްރެޑިޓްސް: ރައްްޔިތުންގެ މަޖިލިސް)
ރިސޯޓު މުވައްޒަފުންނަށް ސާވިސް ޗާޖު ލިބުނު ކަރަންސީއަކުން ދޭން ލާޒިމުކޮށް އިދިކޮޅު އެމްޑީޕީން ހުށަހެޅި ބިލަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ފާޑުވިދާޅުވި ނަމަވެސް، އެ ބިލު ބަލައިގަނެ އިސްލާހުތަކާއެކު ފާސްކުރާނެ ކަމަށް ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. ފަލާހު ވިދާޅުވީ މިއީ މުވައްޒަފުންގެ ހައްގުގައި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތް ކަމަށާއި، ކޮމިޓީ މަރުހަލާގައި ރިސޯޓު އޯނަރުންނާއި މުވައްޒަފުންނާ މަޝްވަރާކޮށްގެން އެންމެންނަށް ފައިދާހުރި ގޮތަކަށް ބިލު ބަދަލުކުރާނެ ކަމަށެވެ. މީގެ ކުރިން ބަހުސްގައި ފަލާހު ވަނީ މިފަދަ އިސްލާހުތަކަކީ ސިޔާސީ މަންފާއަށް ހުށަހަޅާ ކަންކަން ކަމަށް ސިފަކުރައްވައި، އިންވެސްޓަރުންގެ ހައްގުތައް ވެސް ހިމާޔަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މައުރޫފު ޒާކިރު ހުށަހެޅުއްވި މި ބިލުގައި މައިގަނޑު ގޮތެއްގައި އޮތީ ސާވިސް ޗާޖު ނެގި ކަރަންސީއަކުން މުވައްޒަފުންނަށް ދިނުމާއި، ކޮންޓްރެކްޓް މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
