
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަނަކަށް ހެދުމަށްޓަކައި “ޖުޑީޝަލް ކައުންސިލް” އަލުން އުފެއްދުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރިކް ވިދާޅުވެއްޖެއެވެ. ކުރީގެ ސަރުކާރުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށަށް ބަދަލުކުރުމުން އިދާރީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޑީޖޭއޭ އަކީ އަލުން އުފައްދާ ޖުޑީޝަލް ކައުންސިލްގެ ދަށުން ހިނގާ ތަނަކަށް ހެދުމަށް ޤާނޫނަށް އިސްލާހު ގެންނަވާނެކަން އިޢުލާން ކުރައްވާފައެވެ. މި ބަދަލުތައް ގެންނާނީ ފަނޑިޔާރުންނާއި ކޯޓުތަކުގެ މަޝްވަރާގެ މަތިން ކަމަށާއި، މީގެ ސަބަބުން ޝަރުޢީ ދާއިރާގެ މިނިވަންކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް ހުސްނީ ފާހަގަކުރެއްވިއެވެ. ޖުޑީޝަލް ކައުންސިލަކީ އެކި މަރުޙަލާގެ ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭ ގޮތަށް، 2010 ވަނަ އަހަރުގެ ކޯޓުތަކާ ބެހޭ ޤާނޫނުގެ ދަށުން ކުރިންވެސް އުފައްދާފައިވާ ތަނެކެވެ.
About Post Author
މާދަމާ ނިއުސް
“ސިޔާސީ ބަދަލުހިފުމުގެ ރޫހުގެ އަޅުވެތިކަމުން ޤައުމު މިނިވަންކުރެވިއްޖެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މީގެކުރިން ރާއްޖޭގައި...
އަޒުމަކަށްވާންވީ ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ރިވެތި އާދަތައް އަށަގެންނެވުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ ދިވެހި ރައްޔިތެއްގެ ކިބައިގައިވެސް ނަޒާހަތްތެރިކަމާއި، އަމާނާތްތެރިކަމާއި، ވަފާތެރިކަން ފަދަ ރިވެތި ސިފަތައް އަށަގެންނެވުމަށް...
ޤައުމީ ލޯބި އިސްކޮށް، ބަދަހި ގުޅުމެއް އޮތުން މުހިއްމު: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި މެސެޖުގައި، ކާބަފައިން ހޯދައިދިން...
“އެންމެ އިސް ވާޖިބަކީ ކާބަފައިންގެ ޤުރުބާނީ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުން”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ފޮނުއްވި މެސެޖުގައި، މިނިވަންކަމުގެ ނިޢުމަތް...
“2028ގެ މިނިވަން ދުވަހާ ހަމައަށް ގިނަ މަޝްރޫޢުތަކެއް ނިންމާލެވޭނެ”
2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވަރުގެ ދަށުން، 2028 އަކީ...
ދުންފަތުން މީހުން ސަލާމަތްކުރަން އެހީވެދޭ ފަރާތްތަކަށް ޤައުމީ އިނާމު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދުންފަތުގެ ނުރައްކަލުން މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި، އަންނަ އަހަރުން ފެށިގެން ޚާއްސަ ޤައުމީ އިނާމެއް ދޭން...
