
އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމުގެ މައްސަލައިގައި ފަލަސްތީނާއި އަރަބި ގައުމުތަކުގެ ލަފައެއް ހޯދަންޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ. ފަލާހް މިހެން ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމުގެ މައްސަލައިގައި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ފަލާހް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާ މެދު އިސްރާއީލުން ހިންގަމުންގެންދަނީ ވަރަށް ވަރުގަދަ ލާއިންސާނީ، އަނިޔާވެރި ގަތުލްއާންމުގެ އަމަލުތަކެއްކަން ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ފަލަސްތީނުގެ ބަހެއް ހޯދަން ޖެހޭކަން ފަލާހް ފާހަގަކުރެއްވެވިއެވެ. އަދި ރާއްޖެއަށް އިސްރާއީލް ރައްޔިތުން އައުން މަނާ ކުރުމުން ފަލަސްތީނުން ބޭނުންވާނަމަ އެ ގައުމަށް އެކަމުގައި ކިހާ މަންފާއެއް، ފައިދާއެއް ހުރިތޯ ނުވަތަ ލިބޭނެ ހިތްހަމަޖެހުމާއި އުފާވެރިކަން އޮތްތޯ ބަލަން ޖެހޭ ކަމަށް ވިދާޅުވިއެވެ. “ފަލަސްތީނުގެ އިތުރުން، މި މައްސަލައިގައި އަރަބި އެހެން ގައުމުތަކާއި ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފާ ވެސް ހޯދަން ޖެހޭ. އެއީ އިސްރާއީލްގައި ވެސް އެތައް ސަތޭކަ މުސްލިމުން ވެސް އެބަ އުޅޭ. އިސްރާއީލް ޕާސްޕޯޓު މަނާ ކުރާއިރު މިއީ އަވަސް އަރުވާލައިގެން ނިންމޭ ކަހަލަ މައްސަލައެއް ނޫން. އެހެންވީމާ ވަރަށް ފުޅާ ދާއިރާއެއްގައި މި މައްސަލަ ދިރާސާކޮށްފައި ނޫނީ ގޮތެއް ނިންމައިގެން ނުވާނެ.” ފަލާހް ވިދާޅުވިއެވެ.
އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިމިދިޔަ އެމްޑީޕީ މެޖޯރިޓީ މަޖިލީހުގައި ވެސް ހުށަހެޅި ކަމަށާއި ނަމަވެސް ސަރުކާރު ނިމިގެން ދިޔައިރު އެކަމުގައި ގޮތެއް ނުނިންމުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކޮންމެވެސް ސަބަބެއް އޮތުމުން ކަމަށް ފަލާހް ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ އިސްރާއީލް ޕާސްޕޯޓް މަނާކުރުމަކީ ސިޔާސީ ގޮތުން ގައުމަށް ގެއްލުން ހުރި ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން އެކަމާ މެދު ފުޅާ ދާއިރާގައި މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
