
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެންމެ އިސް ތިން ބޭފުޅުން އެ ބޭފުޅުންގެ މަގާމުތަކުގައި ބޭއްތިއްބުމާމެދު މިއަދު ވޯޓަށް އެހުމަށް މަޖިލީހުގެ ރިޔާސަތުން ނިންމައިފިއެވެ. މަޖިލީހުގެ އަމީން އާންމާއި ކައުންސެލް ޖެނެރަލް އަދި މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމުގައި މިހާރު ވެސް ތިއްބެވި ބޭފުޅުން އެ މަގާމުތަކުގައި ބޭތިއްބުމާމެދު ވޯޓަށް އެހުމަށް ރިޔާސަތުން ނިންމީ މިއަދުގެ ޖަލްސާގައެވެ.
މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ހިންގާ ގަވާއިދަށް އަމަލުކުރަން ފަށާތާ ދެ ދައުރު ހަމަވުމުގެ ކުރިން މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު ހިނގަމުންދާ މަޖިލީހުގެ އަމީންއާންމާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް އަދި ސާޖެންޓް އެޓް އާމްސްގެ މަގާމަށް މީހުން އައްޔަންކުރަންވާނެ ކަމަށެވެ.
މިހާރު މަޖިލީހުގެ އަމީން އާންމުގެ މަގާމުގައި ހުންނެވީ ފާތިމަތު ނިއުޝާއެވެ. މަޖިލީހުގެ ކައުންސިލް ޖެނެރަލްގެ މަގާމުގައި ފާތިމަތު ފިލްޒާ ހުންނެވިއިރު މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވީ ރިޓަޔަޑް މޭޖާ ތަލްހަތު ހަސަންއެވެ. އެހެންވެ، މަޖިލީހުގެ އިދާރާގެ އެންމެ އިސް ތިން މަގާމުގައި މިހާރު ވެސް ތިއްބެވި ތިން ބޭފުޅުން އެ މަގާމުތަކުގައި ބޭތިއްބުމާމެދު ގޮތެއް ނިންމުމަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބާއްވާ ވޯޓު އޮންނާނީ މެދުރުފަހުއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
