
ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަނީ މަސައްކަތް ކުރަން ޖެހޭ ސްޕީޑަކު ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ. އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެ ދެ ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ. ކޮމިޓީ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ ކަންކަން ރާއްޖޭގައި އަށަގެންފައިވާ މިންވަރުން އެކަންކަން ހައްލުކުރުމަށް އެންމެ ބޮޑު ޒިންމާއެއް އެޅިފައިވަނީ އޭސީސީގެ ބޮލުގައި ކަމަށެވެ.
” އެންމެ ފުރަތަމަ ގާނޫނުއަސާސީ ވުޖޫދަށް އައިސްގެން އެކުލަވާލެވުނު އޭސީސީގެ މަސައްކަތުގައި އުޅުނިން. އޭގެ ފަހުން އައި ކޮމިޝަންތަކެއްގައި އެ މަސައްކަތް ކުރެވިފައެއްނުވޭ. އެހެންވީމަ މި ކުރާ މަސައްކަތަކީ ކޮމިޝަންގެ މަސައްކަތް އަލުން ހިނގައިގަނެވޭނެ ގޮތަކަށް ކަންކުރުން.” ނާޒިމް ވިދާޅުވިއެވެ. މި ސަރުކާރު އައި ފަހުން ކޮރަޕްޝަންގެ ކަންކަން ނައްތާލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ ހާއްސަކޮށް ޔުނިފޯމް އަޅާ މުވައްސާތަކުގައި ކޮރަޕްޝަން ނައްތާލުމުގެ މަސައްކަތްތައް ފާހަގަކުރެވޭ ކަމަށެވެ.
” ދާދި ފަހުން ވަނީ ކަރެކްޝަންސްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި އެ މައްސަލަތައް ޝަރީއަތަށް ފޮނުވާފައި. މިހާރު ވެސް ފުލުހުންގެ ތެރޭގައި ވެސް އޮޑިޓް ކުރުމުގެ މަސައްކަތް އޮޑިޓާ ޖެނެރަލް ކުރައްވަމުން ގެންދަވަނީ. އަދި ކަސްޓަމްސްގެ ކަންކަން ވެސް ދަނީ ވަރަށް ގާތުން ބަލަމުން. އެހެންވީމަ އެ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ކޮމިޝަންތައް ހަމަޔަކަށް އަޅުވަން ޖެހޭ. އަދި އެތަނުގެ ރައީސް އާއި ނައިބު ރައީސް ބަދަލުކުރަން ގެންދަނީ ހުރިހާ ކޮމިިޝަންތަކުގައި ވެސް ގެންދާ އުސޫލުން.” ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަށް ބެލުމުގައި މަސައްކަތް ކުރަން ޖެހޭ ސްޕީޑްގައި އޭސީސީއިން މަސައްކަތް ކުރަމުންނުދާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
