
ފޮޓޯ ކްރެޑިޓްސް: ރައްޔިތުންގެ މަޖިލިސް
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިސްލާހަކީ އެ މުއައްސަސާ ޒިންމާދާރު ކުރުވުމަށް ގެންނަ އިސްލާހެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
އޭސީސީ އާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އެ ދެ ކޮމިޝަންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ކޮމިޓީ ރިޕޯޓަށް މިއަދު ބަހުސް ކުރައްވަމުން ސައުދުﷲ ވިދާޅުވީ ކޮމިޝަންތަކުންގެ ރައީސް ރައީސް ހޮވުމުގެ ބާރު މެމްބަރުންނަށް އޮތުމުން ބައެއް ފަހަރު މަސްލަހަތު ގެއްލޭ ފަހަރު ވެސް އަންނަ ކަމަށެވެ. އަދި ބައެއް އެހެނިހެން ކަންކަން ވެސް ހިނގާކަން އެނގިވަޑައިގެންފައިވާ ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
ގާނޫނަށް ގެންނަ އިސްލާހުގައި ކޮމިޝަންތަކުގެ ރައީސުން ކަނޑައެޅިގެން ދަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކުގައި ކަމަށާއި މަޖިލީހުން ކަނޑައަޅާ ބަޔަކު ވެގެންދަނީ ރައީސުންނަށް ކަމަށް ސައުދުﷲ ވިދާޅުވިއެވެ. އެހެންކަމުން މިއީ ޑިމޮކްރެޓިކް އުސޫލުން ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވިއެވެ.
“އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރަނީ ވެސް މަޖިލީހުން ފާސްކޮށްގެން. އެހެންވީމަ އޭގަ ބަޔަކު އެހެން ގޮތަކަށް އެކަން ބަދަލުކުރަން އުޅުނަސް އެއީ ބަދަލުވާނެ ކަމެއް ނޫން. މަޖިލީހުން ރުހުންދޭ މީހުނަކީ އެއީ ރައްޔިތުން ރުހުންދޭ މީހުން.”ސައުދުﷲ ވިދާޅުވިއެވެ.
ސައުދުﷲ ވިދާޅުވީ އެ އިސްލާހު ފާސްކުރެވުނު ކަމުގައިވީ ނަމަވެސް މިހާރު ކޮމިޝަންތަކުގައި ތިއްބެވި ބޭފުޅުން އެ މަގާމުގައި ތިއްބަވާނެ ކަމަށެވެ. އަދި އެ އިސްލާހަށް އަމަލު ކުރަން ފަށާނީ އެ ބޭފުޅުންގެ ދައުރު ހަމަވުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މިއީކީ މިހާރުން މިހާރަށް ކޮމިޝަންތަކަށް ބަދަލު ގެނެވޭ ވާހަކައެއް ނޫން ކަމަށް ވިދާޅުވިއެވެ. އެއީ ކުރިއަށް އޮތް ތަނުަގއި އެ ބޭފުޅުން ޒިންމާދާރު ކުރުމަށް ގެނައި އިސްލާހެއް ކަމަށް ސައުދުﷲ ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
