
ފޮޓޯ ކްރެޑިޓްސް: ވަގުތު
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ފިއުލް ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމައިފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިމާދު ވިދާޅުވީ، ފުނަދޫގައި ހުރި އެސްޓީއޯގެ ތެޔޮ ފާމް ތިލަފުއްޓަށް ބަދަލުކުރަން ނިންމީ ފުނަދޫގައި ތެޔޮ ރައްކާކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރުމުން ކަމަށެވެ. އެގޮތުން މިހާރު ފުނަދޫގައި ކުރަމުންގެންދާ ފިއުލް ފާމްގެ މަސައްކަތް ތިލަފުއްޓަށް ބަދަލުކުރުމަށް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަދި މި މަޝްރޫއު ވެގެންދާނީ އެސްޓީއޯގެ އެންމެ ބޮޑު އެއް މަޝްރޫއަށް ކަމަށްވެސް ޝިމާދު ވިދާޅުވިއެެވެ.
“ބޮޑެތި ވެސަލްތައް ކައިރިކުރަން ވަރަށް އުނދަގޫ، ފުނަދޫގައި މިއޮތް ޓަރމިނަލްއާއި ހެދި ނެތް ވިޔަފާރި އިތުރަށް ފުޅާކުރުމުގެ ފުރުސަތުތަކެއް،އެހެންކަމުން ފިއުލް ފަރމު ރިލޮކޭޓުކޮށް، އިކޮނޮމީ ސައިޒުގެ ވެސަލްތައް ގެނެސް، ތެލުގެ އަގު މިއަށްވުރެ ދަށްކޮށް ތެލުގެ ވިޔަފާރިފުޅާވެގެންދާނެ، އަޅުގަނޑުމެންގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް ތިލަފުށީގައި ރަނގަޅު ސްޓޯރޭޖެއް ގާއިމުކޮށް ރާއްޖެއަށް ބޭނުންވާ ތެލަށް ބަލާފައި ރަނގަޅު ސައިޒެއްގެ ސްޓޯރޭޖުތަކެއް ގާއިމުކުރުން.” ޝިމާދު ވިދާޅުވިއެވެ. ތެޔޮ ރައްކާކުރާ ނިމާޒު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހަމަޖައްސާފައިވާއިރު، މިހާރު ކުރިއަށް ދަނީ އެތަނުގެ ޑިޒައިންކުރުމާއި ކޮންސެޕްޓުގެ މަސައްކަތްތައް ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ. ޝިމާދު އިތުރަށް ވިދާޅުވީ، މިމަސައްކަތުގެ ޑީޓެއިލް ޑިޒައިން އާއި ކޮންސެޕްޓުގެ މަސައްކަތް ނިމުމުން 18 ނޫނީ 24 މަސް ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
