
ދިވެހިރާއްޖެއިން ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ފަހުރުވެރި އެވޯޑު އަނެއްކާ ވެސް ކާމިޔާބުކޮށްފިއެވެ. މިއީ ރާއްޖެއިން މި ލަގަބު ޖެހިޖެހިގެން ކާމިޔާބުކުރި ފަސް ވަނަ އަހަރެވެ. މި އަހަރު ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ މަގާމު ރާއްޖެއިން ހާސިލްކޮށްފައިވަނީ ދުބާއީ، އޮސްޓްރޭލިއާ، ގްރީސް، ސްޕެއިން، ވިއެޓްނާމް، އިންޑޮނީޝިއާ، އެމެރިކާ އަދި ޖެމެއިކާ ފަދަ ގައުމުތަކާއި ވާދަކޮށްގެންނެވެ.
މީގެ އިތުރުން ވެސް ރާއްޖެ އިން ވަނީ ވޯލްޑު ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ހާސިލްކޮށްފައެވެ. މިއީ މި އެވޯޑު ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަން، ދުނިޔޭގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަން ދުނިޔޭގެ ލީޑިން އައިލެންޑް ޑެސްޓިނޭޝަން އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑު ވެސް ރާއްޖެއަށް ވަނީ ލިބިފައެވެ. ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މި ކާމިޔާބީތަކުން ދައްކުވައިދެނީ ދިވެހިރާއްޖެއަށް ދުނިޔޭގެ ފެންވަރުގައި ލިބިފައިވާ ކާމިޔާބީގެ ފަހަތުގައިވަނ،ީ އެންމެން ގުޅިގެން ކުރާ މަސައްކަތް ކަމަށެވެ. އަދި ދިވެހިރާއްޖޭން ފަތުރުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މަސައްކަތުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
