
ފަލަސްތީނަށް ޓަކައި ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އަގްސާ މިސްކިތަށް ލޯބިކުރާ ޖީލެއް ތަރުބިއްޔަތު ކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނަށް ޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ފަލަސްތީނުގެ ޤަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް އިލްމީ ހަމަތަކުން ކިޔައިދީ ހޭލުންތެރިކަން އިތުރުކޮށް އަލް އަގްސާ މިސްކިތާ މެދު ލޯބި ޖައްސައި އުންމަތުގެ ޖީލު ތަރުބިޔަތުކުރުން ކަމަށެވެ.
“ފަލަސްތީނަށް ޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ފަލަސްތީނުގެ ގަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް އިލްމީ ހަމަތަކުން ކިޔައިދީ ހޭލުންތެރިކަން އިތުރުކޮށް އަލް އަގްސާ މިސްކިތާ މެދު ލޯބި ޖައްސައި އުންމަތުގެ ޖީލު ތަރުބިޔަތު ކުރުން. ނަސްރާއި ފަތަހައިގެ ފާލަމަކީ އެއީ،” ޝަހީމް ވިދާޅުވިއެވެ. ފަލަސްތީނުގެ މައްސަލައާ ގުޅޭގޮތުން އައިޔޫއެމްއާއި އެމްއެންޔޫގެ ދަރިވަރުން އިސްނަގަައިގެން ރޭ ޕެނަލް ޑިސްކަޝަނެއް ބާއްވާފައިވާއިރު، ޝަހީމް ވަނީ އެއީ އިލްމީ އެތައް ވާހަކަތަކެއް ޕެނަލިސްޓުން ކިޔައިދެއްވި ބައްދަލުވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަން އިންތިޒާމު ކުރީތީ ޝުކުރު އަދާކުރެއްވިއެވެ.
“ދިވެހިރާއްޖޭގެ ފަހުރުވެރި އިލްމީ ދެކިއްލާ ކަމުގައިވާ އެމްއެންޔޫއާއި އައިޔޫއެމްގެ ލީޑާޝިޕަށް ފަށް ފަށުން ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވަން. އިލްމީ ގޮތުންނާއި ފިކުރީ ގޮތުން ކަންކަމުގައި ބަހުސްކުރުމުގައި ހެޔޮކަން ހުންނާނެ. އެމްއެންޔޫއާއި އައިޔޫއެމްގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން އިސްނަގައިގެން ފަލަސްތީނުގެ ގަޟިއްޔާއާ ބެހޭ ގޮތުން ބޭއްވި އިލްމީ ފޯރަމަކީ މަތީ ތައުލީމުގެ ދަރިވަރުން ރާއްޖޭގައި ބޭއްވި މި ފަދަ ފުރަތަމަ ފޯރަމް. އިލްމީ އެތަށް ވާހަކަތަކެއް ޕެނަލިސްޓުން ކިޔާދެއްވި.” މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ އެއީ އިލްމީ ގާބިލު ހުނަރުވެރި ޒުވާނުން ފެނިގެން ދިޔަ ފޯރަމެއް ކަމަށާއި މިއީ މިފަހުން، ފަލަސްތީނާ މެދު ރާއްޖޭގައި ބޭއްވުނު އެންމެ ފުރިހަމަ އިލްމީ ފޯރަމް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ސިލްސިލާ ކުރިއަށްދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
