
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ކުރެއްވީ އެމްޑީޕީއާ ދެކޮޅަށް ކަމަށް ދޭހަވާ މޭރުމަކުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ ވާހަކަދައްކަވައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއެއްގައި ޣަފޫރު ވިދާޅުވީ، އިންތިޚާބުގެ ކެމްޕޭނަށް ބޮޑެތި ސިޓީތަކަށް ވަޑައިގަތުމަށް ދައުވަތު ދިނުމުން ނަޝީދު އެކަމަށް އިންކާރު ކުރެއްވި ކަމަށާއި، ފަހުން ވަޑައިގަތީ އެހެން ލީޑަރުންނަށް ލިބުނު ތަރުހީބު ފެނިވަޑައިގަތުމުން ކަމަށެވެ. މީގެ އިތުރުން މާލޭގެ މޭޔަރު ހޮވުމުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަތުމަށް އާދޭސް ކުރުމުންވެސް ނަޝީދު އެކަމަށް ފުރަގަސްދެއްވި ކަމަށާއި، މާލޭގެ ގޮނޑިތައް ޕާޓީއަށް ގެއްލުނީ ނަޝީދުގެ ސަޕޯޓަރުން އެހެން ކެންޑިޑޭޓުންނަށް ވޯޓު ދިނުމުން ކަމަށްވެސް ޣަފޫރު ތުހުމަތު ކުރެއްވިއެވެ.
ނަމަވެސް، އިންތިޚާބުގެ ކެމްޕޭނުގައި ނަޝީދު އިސްކޮށް އުޅުއްވިކަން ފާހަގަކޮށް، އެމްޑީޕީގެ ގިނަ މެންބަރުން ދަނީ ޣަފޫރުގެ ވާހަކަތަކާ މެދު ނުރުހުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ޕާޓީގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ޤައުމީ މަޖިލީހަށް ހުށަހެޅުމަށް 55 މެންބަރުން ސޮއިކޮށް މިހާރު ވަނީ ޕެޓިޝަނެއް ހުށަހަޅާފައެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
