
ފޮޓޯ ކްރެޑިޓްސް: ވަގުތު
ރިޔާސީ ދައުރު ފަށާ ދުވަހަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހަށް ހެދުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އެހުމަށް ހަމަޖެހިފައިވާ ކަމަށް ބަންޑާރަނައިބު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ސަރުކާރަށް އެއް އަހަރުގެ ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ބޭނުންފުޅުވާ ގޮތަކީ ޒަމާނުންސުރެން ރާއްޖޭގައި ކަންހިންގަމުން އައިގޮތަށް، ރިޔާސީ ދައުރު ބަދަލުވާ ތާރީހަކީ ނޮވެންބަރު މަހުގެ 11ވަނަ ދުވަސް ކަމަށް ކަނޑައަޅަން ކަމަށެވެ.
އުޝާމް ވިދާޅުވީ ގާނޫނުއަސާސީއަށް އިސްލާހެއް ނުގެނެސް މިބަދަލު ގެނެވެން ނެތް ކަމަށާއި ގާނޫނުއަސާސީ ބުނާގޮތުން ވެރިކަމުގެ ދައުރު ބަދަކުރާކަމުގައިވާނަަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމުގައެވެ. އުޝާމް ވިދާޅުވީ ގާނޫނުއަސާސީގައި ބުނަނީ ރިޔާސީ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށާއި، އެދައުރުން އެންމެ ދުވަހެއް އުނިކުރާ ކަމުގައިވާ ނަމަވެސް ގާނޫނީ ގޮތުން ސައްހަ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮސްގެން ގާނޫނުއަސާސީ އިސްލާހްކޮށްގެން ކުރިއަށް ދިއުން ކަމަށެވެ. އެހެންކަމުން، މިކަމުގައި ގާނޫނުއަސާސީ އިސްލާހްކުރުމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް އަހާނެ ކަމަށާއި، އަދި ރައްޔިތުން އެކަމަށް ތާއިދުކުރައްވައިފި ކަމުގައިވާނަމަ، 2028 ވަނަ އަހަރު ރިޔާސީ ދައުރު ފެށޭނީ ނޮވެމްބަރު 11 ވަނަ ދުވަހު ކަމުގައި އުޝާމް ވިދާޅުވިއެވެ.
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ. އޭގެ ފަހުން އައި ކޮންމެ ދައުރެއް ފަށާފައިވަނީ ނޮވެމްބަރު 17 ވަނަ ދުވަހުގައެވެ. ރިޔާސީ ދައުރު ފެށޭ ތާރީޙު ބަދަލުވެގެންދިޔައީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އެ އަހަރުގެ ނޮވެމްބަރު 11 އަށް އާ ރައީސަކު އިންތިހާބު ނުކުރެވުމުގެ ސަބަބުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
