
ފޮޓޯ ކްރެޑިޓްސް: ވަގުތު
މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިފަދައިން ވިދާޅުވީ، މާލޭގައި ހުންނަ ފުރުޤާން މިސްކިތަށް ރޭ ފަތިހުގެ ވަގުތެއްގައި ގެއްލުންދީފައިވާ ކަމަށް ބުނެ، ޝެއިޚް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކުގައި ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
އެގޮތުން ޝަހީމް ވިދާޅުވީ، ފުރުޤާން މިސްކިތަށް ގެއްލުން ދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅަން މިނިސްޓްރީން މިއަދު ނިންމާފައިވާ ކަމަށެވެ. “މިސްކިތްތަކަށް ގެއްލުން ދިނުން ބަލައެއް ނުގަނެވޭނެ” ޝަހީމް ވިދާޅުވިއެވެ.
Furuqan miskithah gellundhin massala balai fiyavalhu elhumah kamaa behey faraaithakah husha alhan Islamic Ministry in vanee miadhu nimmaafa. Miskiy thakah gellun dhinun bala eh nuganeveyne. https://t.co/umpSXl3cIJ
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 24, 2024
ޝެއިޚް އާދަމް ނިޝާން އަލީ އާދަމް ފޭސްބުކުގައި ކުރެއްވި ޕޮސްޓެއްގައި ވިދާޅުވީ، މިސްކިތަށް ގެއްލުން ދީފައިވަނީ މިއަދުގެ ފަތިސް ނަމާދުގެ ކުރިން ކަމަށެވެ. އެގޮތުން މިސްކިތުގެ ފަހަތުގައި ހުރި މުސްހަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައި ހުރި އެޑަޕްޓަރުތައް ތަޅާ ހިމުންކޮށްލާފައިވާ ކަމަށެވެ. ޝެއިޚް ވިދާޅުވީ، މިސްކިތުގެ ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާފައިވާ ކަމަށެވެ.
މިކަން ކޮށްފައިވަނީ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ “ބުއްދިފިލާ ގޮސްފައިވާ” ޒުވާނެއް ކަމަށާއި އޭނާ އަކީ މީގެ ކުރިން ވެސް މުސްހަފްތައް އުކާލުމާއި އެފަދަ އެތައް ކަމެއް މިސްކިތުގައި ކޮށްފައިވާ މީހެއް ކަމަށް ޝެއިކް ވިދާޅުވިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ، ފުރުޤާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލަ މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
