
ރަޝިޔާގެ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރަށް މިދިޔަ ހުކުރު ދުވަހު ބާއްވަން ތާވަލުކުރި ޔޫކުރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ކެންސަލްކޮށްފިއެވެ.ރަޝިއާއާއި ޔޫކްރެއިނުން ކުރަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާވެފައިވާއިރު ރަޝިއާއިން ވަނީ މިސައިލް ހަމަލާތައް ވަރުގަދަކޮށްފައެވެ. އެގޮތުން އަޑަށް ވުރެ ބާރަށް ދަތުރުކުރާ ހައިޕާސޮނިކް ބެލެސްޓިކް މިސައިލުތައް ބޭނުންކޮށްގެން ރަޝިއާއިން ވަނީ ޔޫކްރެއިންގެ ޑްނީޕްރޯއަށް މިދިޔަ ބުރާސްފަތި ދުވަހު ހަމަލާދީފައެވެ.
އެ ހަމަލާތަކާ ހެދި މިދިޔަ ހުކުރު ދުވަހު ބާއްވަން ތާވަލު ކުރި ޔޫކްރެއިންގެ ގާނޫނު ހަދާ މަޖިލީހުގެ ޕްލޭނަރީ ސެޝަނެއް ވަނީ ކެންސަލްކޮށްފައެވެ. ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންގެ ފުރާނައަށް ނުރައްކާ އޮތް ކަމަށް ބުނެ އެ ބައްދަލުވުން ފަސްކުރީ މި ހަފްތާއަށެވެ. ރަޝިއާއިން ހައިޕާސޮނިކް މިސައިލްތައް އަލަށް ބޭނުންކުރަން ނިންމާފައިވާއިރު އެފަދަ މިސައިލްތަކުން ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ހަމަލާދީފާނެކަމުގެ ބިރު އޮތުމުން އެ ސިޓީ ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ. ރަޝިއާގެ މިސައިލެއް އަމާޒުވެދާނެކަމުގެ ބިރަށް ޔުކްރެއިންގެ މަޖިލިސް ކެންސަލް ކުރުމުގެ އިތުރުން ކީވްގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތައް ވެސް ވަނީ ބަންދުކޮށްފައެވެ. ރަޝިއާއިން އިތުރު މިސައިލް ހަމަލާއަކަށް ތައްޔާރުވަމުން އަންނައިރު، ޔޫކްރެއިނުން ވަނީ މިދިޔަ ހަފުތާގައި އެމެރިކާއިން އެ ގައުމަށް ފޯރުކޮށްދިން ދިގު ރާސްތާ މިސައިލްގެ އިތުރުން އިނގިރޭސިވިލާތުގެ މިސައިލުތައް ވެސް ރަޝިއާއަށް ފޮނުވާލައިފައެވެ.
ޔޫކްރޭނުން އެމެރިކާގެ މިސައިލުތައް ބޭނުންކޮށްފައިވާއިރު އެ މިސައިލު އޮޕަރޭޓުކުރުމުގައި ހަރަކާތްތެރިވެފައިވަނީ ވެސް އެމެރިކާ ސިފައިން ކަމަށް ރަޝިޔާއިން ތުހުމަތުކުރެއެވެ. އެ ހަމަލާއަށްފަހު ރަޝިއާއިން ވަނީ ހުޅަނގުން އެ ހަނގުރާމައިގައި ރަސްމީކޮށް ބައިވެރިވުމާއެކު ރަޝިއާއިން ވެސް ދޭ ހަމަލާތައް ނުރައްކާވާނެ ކަމަށް ބުނެފައެވެ. އެމެރިކާގެ ދިގު ރާސްތާ މިސައިލުތައް ބޭނުންކުރަން ފަށައިފިނަމަ ނޭޓޯއާއި އެމެރިކާއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ރަޝިއާގެ ރައީސް ވްލެޑްމިއާ ޕޫޓިން ވަނީ ދެއްވައިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
