
އެމްއެންޔޫ އާއި އައިޔޫއެމްގެ ދަރިވަރުން އިސްނަގައިގެން ބާއްވާ ފަލަސްތީނު ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. މި ފޯރަމަކީ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން އިންތިޒާމުކުރާ ފޯރަމަކެވެ.
މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އެމްއެންޔޫގެ ޝަރީއާ އެންޑް ލޯ ފެކަލްޓީގެ ޑީން ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާނާއި އެމްއެންޔޫގެ ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ލެކްޗަރާ މުހައްމަދު ދީދީގެ އިތުރުން ކުއްލިއްޔާގެ ލެކްޗަރާ ޝެއިހް އަލީ ރިޒާ އަހުމަދެވެ. “އެކަޑެމިކް ފޯރަމް އޮން ފަލަސްތީން”ގެ ނަމުގައި ބާއްވާ ފޯރަމް ފަށަން ހަމަޖެހިފައި ވަނީ މިރޭ 8:00 ގައެވެ. ފޯރަމް އޮންނާނީ އެމްއެންޔޫގެ އޮޑިޓޯރިއަމްގައެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ދެމުން އަންނަ ހަމަލާތަކުގައި މިހާރު މުޅި ޣައްޒާ ވަނީ ސުންނާފަތިކޮށްލައިފައެވެ. އަދި އެތަނުގައި މީހުންނަށް އަލުން ދިރިނޫޅެވޭ ވަރު ކުރަމުން ދަނީ ފަލަސްތީނުގެ ދައުލަތެއް އުފެއްދުމަށް ހުރަސް އެޅުމަށް ކަމަށް މާހިރުން ވިދާޅުވެއެވެ. އެ ހަމަލާތަކުގައި 44،700 މީހުން ޝަހީދުކޮށްލާފައިވާއިރު، 17،000 އަށް ވުރެ ގިނަ ކުޑަކުދިން އޭގެ ތެރޭގައި ހިމެނެއެވެ. އަދި 11،000 އަށް ވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
