
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރު ވެރިކަން ކުރާ ޕީއެންސީ ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައަޅަން ޕްރައިމަރީއެއް ބާއްވަން ޖެހޭ ހާލަތެއް ނެތް ކަމަށާއި ރައީސް ޑރ. މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރައްވަން ބޭނުންފުޅު ނަމަ، އެމަނިކުފާނަށް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ހިނގަމުން އަންނަ ވެރިކަމުގައި އެ ޕާޓީގެ މެމްބަރަކު ރައީސްގެ މަގާމުގައި ހުންނެވި ނަމަ އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެހެންވެ، މިއީ ޕްރައިމަރީ ބާއްވަން ޖެހޭ ހާލަތެއް ނޫން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެ އުސޫލުން ބަލާ ނަމަ ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް އަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް،” އަބްދުއްރަހީމް ވިދާޅުވިއެވެ. “އެހެންވެ އެއީ ޕްރައިމަރީ ބާއްވަން ޖެހޭ ކަމެއް ނޫން،” އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރާއްޖޭގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވާ ފުރަތަމަ ރައީސަކަށް ރައީސް ޑރ. މުއިއްޒު ހެދުމަށެވެ. އަބްދުއްރަހީމް އެގޮތަށް ވިދާޅުވި ކަމުގައި ވިޔަސް، ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ މެދުގައި ރައީސް ޑރ. މުއިއްޒު އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ. އަދި މިހާތަނަށް އައިއިރު، އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ވެސް ނުދައްކަވައެވެ.
އަބްދުއްރަހީމް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް އެކަމުން “ސަލާމަތް” ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. “ރާއްޖޭގެ ވެރިކަމަށް ކުރިމަތިލުމުގެ ވިސްނުމެއް ދުވަހަކު ވެސް ނުގެންގުޅެން. އަދި ކުރިއަށް އޮތްތާކު ވެސް ނުގެންގުޅޭނަން. ވާދައެއް ނުވެސް ކުރާނަން. އެފަދަ ފުރުސަތެއް ލިބުނަސް އެކަމުން ސަލާމަތް ވާނަން،” ރައީސް ޑރ. މުއިއްޒާއެކު އެންމެ އަރިސްކޮށް މަސައްކަތް ކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
