
ފޮޓޯ ކްރެޑިޓްސް: ވަގުތު
ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޝުކުރު ދަންނަވައިފިއެވެ. ރައީސް ޑރ. މުއިއްޒު، “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުޅުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި އެކި މަގާމުތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއި އިންތިހާބުގެ އިންތިޒާމުތަކުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
— Dr Mohamed Muizzu (@MMuizzu) November 23, 2024
އަދި ޕީއެންސީގެ އިންތިހާބުގައި ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ވެސް ރައީސް ޑރ. މުއިއްޒު ޝުކުރު ދެންނެވިއެވެ. ޕީއެންސީގެ އެތެރޭގެ އިންތިހާބު ބޭއްވީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ. ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލުން ކަނޑައެޅިފައިވާ ވަގުތަށް ފެށިފައި ނުވާތީ އެ ތަންތަނުގެ ވޯޓުލުން އެއަށް ވުރެ ގިނައިރު ވެސް ކުރިއަށް ދިޔައެވެ.
އެ އިންތިހާބުގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ސްޓިއަރިން ކޮމިޓީ ފަދަ ރަށްރަށުގައި ހިންގާ ހަރަކާތްތަކުގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރިއެވެ. ދާއިރާއެއްގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ހުންނަ ނަމަ، އެ ދާއިރާއެއްގެ ރައީސެއް އިންތިހާބު ނުކުރާނެއެވެ. އެ ދާއިރާތަކަށް އިންތިހާބު ކުރާނީ ދާއިރާގެ ނައިބު ރައީސުންނާއި އެހެނިހެން މަގާމުތަކަށެވެ. މީގެއިތުރުން ކޮންމެ ދާއިރާއެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާރުގެ ރައީސް އަދި ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސުން އިންތިހާބު ކުރާނެއެވެ.
ޕީއެންސީން ބުނި ގޮތުގައި އެތެރޭގެ އިންތިހާބުގައި 1،984 މަގާމަކަށް ބޭފުޅުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރޭގައި އިންތިހާބަކާ ނުލައި ހޮވިވަޑައިގެންނެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާ އިރު، މިއަދު ބޭއްވި އިންތިހާބުގައި 667 ކެންޑިޑޭޓުން ވާދަކުރިއެވެ. ޕީއެންސީން ކުރިން ހާމަކުރި ގޮތުގައި މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
