
އިސްރާއީލްގެ ޕާސްޕޯޓް މަނާ ކުރާ ބިލްގެ މަސައްކަތް ގެންދާނީ ރޮކެޓް ސްޕީޑްގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. މުހައްމަދު އިސްމާއިލް އެހެން ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓް ބޭން ކުރުން އިނބިލީހުގެ ކައިވެންޏައް ވެއްޖެ ކަމަށް ބުނެ އަލީ ރަޒީމް ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އޭނާ ވިދާޅުވީ އެ ބިލްގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި މި ފެށޭ ހަފްތާގައި ރޮކެޓް ސްޕީޑަށް އެ ބިލްގެ މަސައްކަތް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އިސްރާއީލް ޕާސްޕޯޓްގައި ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބިލާމެދު ގޮތެއް ނިންމުގެ މަސައްކަތް 241 ކޮމިޓީއިން ކުރަމުންދާއިރު އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީއިން ނިންމާފައިވަނީ ގޮތެއް ނިންމުމުގެ ކުރިން އިމިގްރޭޝަނުން ތަފާސްހިސާބުތައް ހޯދައި އެކި އިދާރާތަކާއި ޖަމިއްޔާތަކުން ދެކޭ ގޮތެއް ބެލުމަށެވެ. ވެރިކަން ކުރާ ޕާޓީ ޕީއެންސީން ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތައް، ބައިނަލްއަގުވާމީ މަސްރަހުގައި އެންމެ ހަރު އަޑުން ކުށްވެރި ކުރައްވައި، ފަލަސްތީނުގެ ދައުލަތެއް ގާއިމް ކުރުމަށާއި، އިސްރާއީލް ޖަވާބުދާރީ ކުރުވުމަށް އެންމެ ވަރުގަދައަށް ވަކާލާތުކުރައްވާ އެއް ލީޑަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖޭގެ އެއްވެސް ސަރުކާރަކުން މީގެ ކުރިން ނުކުރާ މަސައްކަތް، މި ސަރުކާރުން ކުރާކަން މި ގައުމުގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ވެސް ފާހަގަ ކުރައްވާފައިވާ ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑު މާލީ އެހީތެރިކަމެއް ވެސް މިހާތަނަށް ދީފައި އޮތީ ޕީއެންސީގެ ސަރުކާރުން ކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެންސީން ބުނެފައިވަނީ ކަމާގުޅޭ މާހިރުންގެ ލަފާ އާއި އިރުޝާދާއެކު އިސްރާއީލް ޕާސްޕޯޓު މަނާކުރުމުގެ ބިލުގެ މަސައްކަތް ކުރިޔަށް ގެންގޮސް، ތާވަލާ އެއްގޮތަށް މަސައްކަތައް ނިންމާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
