
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވައިފިއެވެ. މި ބަދަލުތައް ގެންނަވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލަށެވެ. މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕްގެ އުސޫލު ކުރިން އޮންނަ ގޮތުން ސްކޮލަޝިޕް ލިބޭ ދަރިވަރުން މަތީ ތަޢުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބެނީ މަތީ ތަޢުލީމާއި ވުޒާރާއިން ކަނޑައަޅާ ދާއިރާތަކަކުންނެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އެކަމާއި ގުޅޭ އުސޫލުތަކަށް ބަދަލުތައް ގެންނަވައި، އެ އުސޫލު ގެޒެޓް ކުރައްވާފައެވެ.
މި އުސޫލަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުން، ބޭނުންވާ ކޮންމެ ރޮނގަކުން ކިޔެވުމުގެ ފުރުޞަތު ދެއްވާގޮތަށް ހަމަޖެއްސެވުމެވެ. މިބަދަލުގެ އިތުރުންވެސް މުހިއްމު ބަދަލުތަކެއް ވަނީ އުސޫލަށް ގެންނަވާފައެވެ. އެގޮތުން ހައި އެޗީވަރސް ސްކޮލަރޝިޕް ލިބޭ ދަރިވަރުން ރާއްޖޭގައި ކިޔަވާނަމަ ސްޓައިޕެންޑުގެ އިތުރުން އެލަވަންސެއް ދޭން ވަނީ ހަމަޖައްސާފައެވެ. މިއީ ރަނގަޅު ނަތީޖާ ލިބޭ ދަރިވަރުން ރާއްޖޭގައި ތިބެގެން ކިޔަވަން ބާރު އެޅުމުގެ ގޮތުން ގެންނެވި ބަދަލެކެވެ. މިބަދަލުގެ ދަށުން ސްޓައިޕެންޑުގެ އިތުރަށް 6000 ރުފިޔާގެ އެލަވަންސެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. މި އުސޫލުގައި އޮތް ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ލިބިގެން ކިޔަވާ ދަރިވަރުން 4 އަހަރާއި، 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަން ޖެހެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވާފައިވާއިރު މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްސަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުޞަތު ދޭގޮތަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުތަކުގެ އިތުރުންވެސް ދަރިވަރުންނަށް ފާސެހަ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންކަންވެސް ވަނީ ސަރުކާރުން ގެޒެޓްކުރެއްވި އުސޫލުގައި ހިމަނުއްވާފައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
