
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް)
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކަނޑުދަތުރުފަތުރަށް ހުރަސް އެޅި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާއިރު، ރާއްޖޭގެ އިޤްތިޞާދަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މެދުއިރުމައްޗަށް ބަރޯސާވުން ކުޑަކޮށް، އިރުމަތީ އޭޝިއާގެ ޤައުމުތައް ކަމަށްވާ މެލޭޝިއާ، ތައިލޭންޑް، ވިއެޓްނާމް އަދި އިންޑޮނޭޝިއާ ފަދަ އައު މާކެޓުތަކުން މުދާ ހޯދުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި ޗައިނާއާއެކު އޮތް މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި، އަވަށްޓެރި އިންޑިއާއާއެކު އޮތް ވިޔަފާރީގެ ގާތް ގުޅުމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް ސަރުކާރުން ދެކެއެވެ.
ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރަނީ އޮމާން މެދުވެރިކޮށް ކަމަށްވުމުން، ހަނގުރާމައިގެ ސަބަބުން ތެޔޮ ސަޕްލައިއަށް ބުރޫ ނާރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ. ބައިނަލްއަޤްވާމީ ބާޒާރުގައި ތަކެތީގެ އަގު އުފުލުނު ނަމަވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދުނިޔެއަށް އަންނަ އިޤްތިޞާދީ ލޮޅުންތަކުން ދިވެހި ރައްޔިތުންނަށް ކުރާ އަސަރު ވީހާވެސް ކުޑަކޮށް، ކޮންމެ ހާލަތަކަށްވެސް ތައްޔާރުވެ އޮތުމެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
