
(ފޮޓޯ ކްރެޑިޓްސް: ބައިބަލާ އެސޯސިއޭޝަން)
ޢީދު ބައިބަލާ ޗެލެންޖު 1447ގެ ފައިނަލްގެ ޖާގަތައް ޒެޕޯ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބުން ޔަގީންކޮށްފިއެވެ. ޢީދު ބައިބަލާ ޗެލެންޖުގެ ފައިނަލުން ޒެޕޯ ޖާގަ ހޯދީ ރޭ ކުޅުނު މުބާރާތުގެ ކުއާޓަރ ފައިނަލް މެޗާއި ސެމީ ފައިނަލް މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ރޭ ކުޅެވުނު ކުއާޓަރ ފައިނަލް މެޗު ޒެޕޯ ކާމިޔާބުކުރީ ކްލަބް ކާސިންޖީ އާއި ވާދަކޮށް ފުރަތަމަ 2 ގޭމް އެއްވަރުވުމުން ގަދަ ހިފުމުން ކުރި ހޯދައިގެންނެވެ. ގަދަ ހިފުމުގައި ފުރަތަމަ 4 ގޭމް އެއްވަރުވުމުން ޒެޕޯ ފައިނަލް ޔަގީންކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ.
ސެމީފައިނަލް މެޗުގައި ޒެޕޯ ބައްދަލުކުރީ އޮޑި ސްޕޯޓްސް ކްލަބާއެވެ. މިމެޗުވެސް ޒެޕޯ ކާމިޔާބުކުރީ ގަދަހިފުމުންނެވެ. މެޗުގެ ފުރަތަމަ ގޭމް ބޭރުން ކުޅެގެން އޮޑި ކާމިޔާބުކުރީ 9-4 އިންނެވެ. ދެވަނަ ގޭމްގެ ސްކޯ ޒެޕޯ ކޮޅަށް އަނބުރާލީ މެޗު ނިމެން 14 ސިކުންތައް ވެފައިވަނިކޮށް މުހައްމަދު ނައްވާފު (މާކީ) ބޭރު ކޮށްދިން ކުޅުންތެރިއާއެކު 7-5 އަކުންނެވެ. ގަދަ ހިފުމުގައި ފުރަތަމަ 4 ގޭމް އެއްވަރުވުމުން ޒެޕޯ ފައިނަލް ޔަގީންކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ. އެހެންނަމަވެސް ގަދަ ހިފުމުގައި ވަރަށް ނުފެންނަ މަންޒަރެއް މި މެޗުން ފެނިގެންދިޔައެވެ. އެއީ 2 ޓީމުންވެސް ގަދަ ހިފުމުގައި އެތެރެ ގޭމް ކާމިޔާބުކުރުމެވެ. ބައިބަލާގެ އެންމެ ކާމިޔާބު ޓީމު ބީޖީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ކުއާޓަރ ފައިނަލް މެޗު 2 ގޭމުން ކާމިޔާބުކޮށް ސެމީ ފައިނަލް މެޗުގައި މިފަހަރުގެ މުބާރާތައް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމުގައިވާ ދަ ވުލްވްސް ސްޕޯޓްސް ކްލަބް ގަދަ ހިފުމުގައި ބަލިކޮށްގެންނެވެ.
ކުއާޓަރ ފައިނަލް މެޗުގައި ބީޖީ ސްޕޯޓްސް ބައްދަލުކުރި ކްލަބް ޒެފްރޯލް އާއެވެ. މިމެޗުގެ ފުރަތަމަ ގޭމް ބޭރުން އަރާ ބީޖީ ކާމިޔާބުކުރީ 8-7 އިންނެވެ. އަދި އެތެރެ ގޭމް ބީޖީ ނެގީ 17-4 އިންނެވެ. ސެމީފައިނަލް މެޗުގެ ފުރަތަމަ ގޭމް ބޭރުން އަރާ ކާމިޔާބުކުރީ ދަ ވުލްވްސް އެވެ. އެއީ 8-9 އިންނެވެ. ދެވަނަ ގޭމް ބޭރުން އަރާ ބީޖީ އިން އަނބުރާލީ 8-7 އިންނެވެ. ގަދަ ހިފުމުގައި ފުރަތަމަ 4 ގޭމް އެއްވަރުވުމުން ބީޖީ ފައިނަލް ޔަގީންކުރީ 5 ވަނަ ހިފުމުގައި ގުރު ދިމާވުމުން ބޭރުން އަރާ މެޗު ކާމިޔާބުކޮށްގެންނެވެ.
ޢީދު ބައިބަލާ ޗެލެންޖު 1447ގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
