
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ގޫގުލް، ޑީ ވީ.360، ޔޫޓިއުބްއާއި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ބޮޑު ކެމްޕޭނެއް ފަށައިފިއެވެ. “ސީޒޭޝަނަލް ސަމަރ” ގެ ނަމުގައި ކުރިއަށްގެންދާ މި ޑިޖިޓަލް ކެމްޕޭނަކީ، ކުރިއަށް އޮތް އެޕްރީލް، މޭ، ޖޫން އަދި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެކެވެ. މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ޗުއްޓީ ހޭދަކުރުމަށް އިންޓަނެޓު މެދުވެރިކޮށް ހޯދާ ފަރާތްތަކާއި، “ލާސްޓް މިނިޓް” ބުކިންގް ހަދާ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވީ ބޮޑަށް އިސްކަންދެނީ ރާއްޖެއާ ކައިރި މާކެޓްތަކަށާއި ދަތުރުފަތުރުގެ ގުޅުން ބަދަހި ސަރަހައްދުތަކަށްކަމަށެވެ. މެދުއިރުމަތީގެ މިހާރުގެ މަސްރަހަށް ރިއާޔަތްކޮށް، މި ކެމްޕޭނުގައި ބޮޑަށް އިސްކަންދެނީ ދަތުރުފަތުރުގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައިވާ އަދި އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށެވެ. އެގޮތުން، އިންޑިއާ، ޗައިނާ، އަދި ރަޝިއާ އަށް ޚާއްސަކޮށްގެން “ހައިޕަރ-ޓާގެޓެޑް” މެސެޖުތައް ފޮނުވުމުގެ އިތުރުން، ސީ.އައި.އެސް އަދި އޭސިއާން ގައުމުތަކަށް އަމާޒުކޮށްގެން ސަރަހައްދީ ކެމްޕޭންތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ވިދާޅުވިއެވެ. މި ކެމްޕޭނުގެ ޒަރީއާއިން 100 މިލިޔަން މީހުންނަށް ރާއްޖޭގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މިކަން ހާސިލުކުރުމަށްޓަކައި ސޯޝަލް މީޑިއާގައި ދެ މަރުހަލާއެއްގެ ސްޓްރެޓެޖީއެއް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވީއެމްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވީ ކެމްޕޭނުގެ ސަބަބުން ހަމައެކަނި ރާއްޖެ އިޝްތިހާރު ކުރުމުގެ ބަދަލުގައި، ސީދާ ފަތުރުވެރިން ރާއްޖެ އައުމަށް ބާރުއެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޒަމާނީ އެޑް-ޓާގެޓިންގް ބޭނުންކޮށްގެން، ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމު ހުށަހެޅުންތައް ފެންނާނެ ގޮތް ހަދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މި ކެމްޕޭނަކީ ގޫގުލްގެ ސާޗް ޑޭޓާ، ޑީ.ވީ.360 ގެ ޕްރޮގްރެމެޓިކް ގާބިލުކަން، އަދި މެޓާގެ ސޯޝަލް ނެޓްވޯކްތައް ގުޅުވާލައިގެން ހިންގާ މަސައްކަތެކެވެ. މި ކެންޕޭނުގެ ބޭނުމަކީ އޭޝިއާ އަދި ސީ.އައި.އެސް ސަރަހައްދުގެ ފަތުރުވެރިން ޗުއްޓީއަށް ހޭދަކުރާ ތަނެއް އިހްތިޔާރުކުރުމުގައި، ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އިޚްތިޔާރު ކުރުވުމެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
