
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނަށް އެއްގަމު މަގުން ސިފައިން އަރާ ގިނަ ދުވަސްތަކަކަށް ޙަމަލާ ދިނުމަށް އެމެރިކާގެ ހަނގުރާމައާބެހޭ ވުޒާރާއިން ރާވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އެއްވެސް މަޤުބޫލު ސަބަބެއް ނެތި ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އީރާނަށް ޙަމަލާ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހުއެވެ. ހަނގުރާމަ ވަރަށް އަވަހަށް ނިމޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އީރާނުން ދަނީ ޔަހޫދީންނާއި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި މަސްލަހަތުތަކަށް އަމާޒުކޮށް ވަރުގަދަ ރައްދު ޙަމަލާތައް ދީ ގެއްލުން ދެމުންނެވެ. ހަނގުރާމަ މިހާރު ވަނީ އެއް މަސް ދުވަހަށް ދިގުލައިގެން ގޮސްފައެވެ. އީރާނުން އެއްގަމު މަގުން ޙަމަލާ ދިނުމަށް އެމެރިކާއިން ތައްޔާރުވަމުން ދަނީ ހަނގުރާމައިގައި އީރާނު ބަލިވެފައިވާ ކަމަށާއި އަމާން ދިނުމަށް އެއްބަސްވުމަކާ ހަމައަށް އައުމަށް އީރާނުން އާދޭސް ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވިދާޅުވަމުން ދަނިކޮށެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް އެމެރިކާގެ ސަރުކާރުން ވާހަކަ ދެެއްކި އޮފިޝަލަކު ވިދާޅުވީ އެމެރިކާ ސިފައިން އީރާނަށް އަރަނީ ސްޕެޝަލް އޮޕަރޭޝަންސް ފޯސަސްއާއި އެއްގަމު ސިފައިންގެ ރޭޑުތަކެއް ވަކި ސަރަޙައްދުތަކެއްގައި ޖެހުމަށް ކަމަށެވެ. އެމެރިކާއިން ވިސްނަމުން ދަނީ އީރާނުގެ ތެޔޮ ބޭރުކުރާ މައި ހަބެެއް ކަމަށްވާ ޖަޒީރަތުލް ޚާރިކް އެމެރިކާގެ ބާރުގެ ދަށަށް ގެންދިޔުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުރުމުޒު ކަނޑުއޮޅިއާ ކައިރީގައި އައްސޭރި ފަށުގައި އޮންނަ ސަރަޙައްދުތަކުގައި ރޭޑު ޖެހުމަށް ވެސް އެ ޤައުމުން ދަނީ ވިސްނަމުންނެވެ. ހަނގުރާމައާ ބެހޭ އިދާރާގެ މި ރޭވުންތައް ޓްރަމްޕް މިހާތަނަށް އިޢުލާނުކުރައްވާފައެއް ނުވެއެވެ. ވައިޓް ހައުސްގެ ތަރުޖަމާނު ކަރޮލިން ލީވިޓް ވިދާޅުވީ ހަނގުރާމައާބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރޭގައި މި ޙާލަތުގައި އެޅިދާނެ އެންމެހާ ފިޔަވަޅުތައް ރައީސްއަށް އެރުވުން ހިމެނޭ ކަމަށެވެ.
އީރާނުގެ ޙަމަލާތަކުގައި އެމެރިކާގެ 300އަށްވުރެ ގިނަ ސިފައިންނަށް އަނިޔާވެ، 13 ސިފައިން ވަނީ މަރުވެފައެވެ. އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އުޅަނދުފަހަރަށް ވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
