
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ޤަތަރުގެ އަސްކަރީ ވައިގެ ދިފާޢީ ނިޒާމު ވަރުގަދަކުރަން ޔޫކްރެއިނާ އެކު މުޙިއްމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ، ޔޫކްރެއިނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ، މެދުއިރުމަތީގެ ބައެއް ޤައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ޔޫއޭއީ އާއި ޤަތަރުގެ އިތުރުން، ޒެލެންސްކީގެ މި ދަތުރުފުޅުގައި ސަޢުދީ ޢަރަބިއްޔާ އާއެކު ވެސް ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރައްވައިފައެވެ. މި އެއްބަސްވުންތައް މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، މެދުއިރުމަތީގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި އީރާނުން ގަލްފުގެ ޤައުމުތަކުގެ ދެމުންދާ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް އެހީތެރިވުމެވެ.
މިގޮތުން، ޔޫކްރެއިނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާގެ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން ހޯދާފައިވާ ފަންނީ ޤާބިލުކަމާއި އަސްކަރީ ވަޞީލަތްތައް ފޯރުކޮށްދިނުމެވެ. މީގެއިތުރުން، ދިފާޢީ ނިޒާމު ވަރުގަދަ ކުރުމުގައި އެހީތެރިވުމަށް އެ ތިން ޤައުމަށް ޔޫކްރެއިނުގެ ފަންނީ މާހިރުން ފޮނުވުން ވެސް މި އެއްބަސްވުންތަކުގައި ހިމެނެއެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، އީރާނުގެ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނުން ހުށަހަޅާފައިވަނީ މާ އަގުހެޔޮ ޙައްލެކެވެ. މިގޮތުން، އީރާނުގެ ޑްރޯން ޙަމަލާތަކުން ދިފާޢުވާން ގަލްފު ޤައުމުތަކުން މިހާރު ބޭނުންކުރާ ޕޭޓްރިއަޓް އަދި ތާޑް މިސައިލެއްގެ އަގު ހަތަރު މިލިއަން ޑޮލަރަށް އަރާއިރު، ޔޫކްރެއިނުން ހުށަހަޅާ އެ ޙައްލުން އެ ޚަރަދު 2،000 ޑޮލަރަށް ތިރިވާނެކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެ ފަންނީ ޤާބިލުކަމަކީ، 2022ވަނަ އަހަރުން ފެށިގެން ރަޝިޔާއިން ކޮންމެ ދުވަހަކު ޔޫކްރެއިނަށް ދެމުންދާ ޑްރޯން ޙަމަލާތަކުން ދިފާޢުވުމުގައި ޔޫކްރެއިނުން އުފައްދާފައިވާ އީޖާދެކެވެ. މި މަހުގެ 18ވަނަ ދުވަހު ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމަ ފެށުނު ފަހުން، 200އަށް ވުރެ ގިނަ ޔޫކްރެއިނުގެ ފަންނީ މާހިރުން ގަލްފުގެ އެކި ޤައުމުތަކުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ޔޫކްރެއިނުން މި އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމަކީ ޑްރޯން ޙަމަލާތަކުން ދިފާޢުވުމަށް ގަލްފުގެ ޤައުމުތަކުން ބޭނުންކުރަމުންދާ ޕޭޓްރިއަޓް މިސައިލްތަކުގެ ސްޓޮކް މަދުވުމުގެ ކަންބޮޑުވުމަށް ޙައްލެއް ހޯދުމެވެ. އެއީ، ރަޝިޔާގެ ބެލިސްޓިކް މިސައިލް ޙަމަލާތަކުން ދިފާޢުވުމަށް ޔޫކްރެއިނަށް ޕޭޓްރިއަޓް މިސައިލް ބޭނުންވާތީކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
