
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ) އަދި ބަޙްރެއިނުގެ އެލުމީނިއަމް އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއް ދީފައިވާކަމަށް އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ)އިން ބުނެފިއެވެ. އައިއާރުޖީސީން ނެރުނު ބަޔާނެއްގައި ބުނީ، ޙަމަލާތައް އަމާޒުކުރި ކާރުޚާނާތަކަކީ އެމެރިކާގެ އަސްކަރިއްޔާއާ ގުޅުންހުރި ތަންތަން ކަމަށެވެ. ބަޙްރެއިނުގެ އެލުމީނިއަމް އުފައްދާ ކުންފުނި، އަލްބާއިން ބުނީ، އެ ކުންފުނީގެ ކާރުޚާނާއަށް ދިން ޙަމަލާގައި ދެ މުވައްޒަފަކު ޒަޚަމްވެފައިވާ ކަމަށެވެ. ޔޫއޭއީގެ އެމިރޭޓްސް ގްލޯބަލް އެލުމީނިއަމް (އީޖީއޭ)އިން ބުނީ އީރާނުގެ ޙަމަލާތައް އަމާޒުވި ކާރުޚާނާއަށް ބޮޑެތި ގެއްލުންތައް ލިބުމުގެ އިތުރުން ހަ މުވައްޒަފުން ޒަޚަމްވެފައިވާ ކަމަށެވެ.
މި ޙަމަލާތައް ދީފައިވަނީ، އެމެރިކާ އާއި ޔަހޫދީން ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނުގައި އީރާނުގެ އުމްރާނީ ވަޞީލަތްތަކަށް ދީފައިވާ ޙަމަލާތަކުގެ ރައްދުގައި ދިން ޙަމަލާތަކެއް ކަމަށް އައިއާރުޖީސީން ބުނެފައިވެއެވެ. ދުނިޔޭގެ އެލުމީނިއަމް ސަޕްލައިގެ ގާތްގަނޑަކަށް ހަތަރު އިންސައްތަ އާއި ނުވަ އިންސައްތައިގެ ދެމެދު އަދަދެއް މެދުއިރުމަތިން ފޯރުކޮށްދޭއިރު، މި ޙަމަލާތަކުގެ ނޭދެވޭ އަސަރުތައް ދުނިޔޭގެ ސަޕްލައިއަށް ކުރާނެކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ. ޔަހޫދީންނާ ގުޅިގެން އެމެރިކާއިން ފެބްރުއަރީ 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނާ ގުޅިގެން، އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ވެސް ދަނީ ޔަހޫދީ ދައުލަތުގެ މުޙިއްމު ބިނާތަކުގެ އިތުރުން މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ.
މީގެއިތުރުން، އީރާނުގެ އުމްރާނީ ވަޞީލަތްތަކަށް ވެސް ޙަމަލާތައް ދެމުންދާތީ، އެކަމުގެ ރައްދުގައި އީރާނުން ދަނީ ގަލްފުގެ އެކި ޤައުމުތަކުގެ އުމްރާނީ އަދި އިޤްތިޞާދީ ވަޞީލަތްތަކަށް ވެސް ޙަމަލާތައް އަމާޒުކުރަމުންނެވެ. އެ ޙަމަލާތައް ހުއްޓައިލަން ބޭނުންވާނަމަ، އީރާނާ ދެކޮޅަށް ޙަމަލާދިނުމަށް ގަލްފުގެ ޤައުމުތަކުގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު އެމެރިކާ އާއި ޔަހޫދީންނަށް ނުދިނުމަށް އީރާނުން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
