
ފޮޓޯ ކްރެޑިޓްސް: ޗައިނާ ސަފީރު
މާލެ އާއި ވިލިމާލެ މަގު އަލުން ހެދުމުގެ ސައިޓް އިންސްޕެކްޝަން އެންޑް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަށް ސާވޭ ކުރުމަށް ޗައިނާގެ ޓީމް ރާއްޖެ އައީ މި މަހުގެ ތިން ވަނަ ދުވަހެވެ. އެ ޓީމުން މާލޭ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ބަލައި ސާވޭއަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފެށީ މި މަހުގެ ފަސް ވަނަ ދުވަހެވެ. އަދި އެ މަސައްކަތް މިއަދުގެ ނިޔަަލަށް ކުރިއަށް ގެންގޮސްފައި ވެއެވެ.

ފޮޓޯ ކްރެޑިޓްސް: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ މަގުތައް އަލުން ހެދުމުގެ ގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، މުހިންމު ފަރާތްތަކާއެކު ސިލްސިލާކޮށް ބޭއްވި ބައްދަލުވުންތަކަށްފަހު، ޗައިނާ ސަރުކާރުން އެކުލަވާލި ތަޖުރިބާކާރުން މަގުމަތީގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ނިންމާލާފައިވާ ކަަމަށެވެ.
މި މުއްދަތުގެ ތެރޭގައި އެ ޓީމުން ވަނީ އެ ވުޒާރާގެ ޓެކްނިކަލް ޓީމާ އެކު މާލެ އާއި ވިލިމާލެ މަގުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ކޮށްފައެވެ.

ފޮޓޯ ކްރެޑިޓްސް: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
މި މަޝްރޫއުގެ ދަށުން ދެން އޮންނާނީ ޑިޒައިނިން މަރުހަލާއެވެ. އެކަން ފެށޭނެ ތާރީހެއް އަދި އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ. މާލޭގެ ހުރިހާ މަގުތަކެއް އަލުން ހެދުމުގެ މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އެ ގައުމާ އެކު ސޮއިކުރެއްވި އެއްބަސްވުންތަކުގެ ދަށުން ފޯރުކޮށްދޭން ނިންމި 130 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުންނެވެ.

ފޮޓޯ ކްރެޑިޓްސް: އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ
މާލޭގެ މަގުތައް ވަރަށް ބޮޑަށް ހަލާކުވެ އަޑިގުޑަން ވެފައިވާއިރު ވާރޭ ވެހިލާއިރަށް އެ މަގުތައް ވަރަށް ބޮޑަށް ފެންބޮޑުވެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޗައިނާއިން ޒަމާނީ ފެންވަރަށް މަގުތަށް އަލުން މަރާމާތްކޮށް ނިމުމުން ފެންބޮޑުވުމުގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
