
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައި، އީރާނަށް ޙަމަލާދިނުމަށް އަވައްޓެރި ޤައުމުތަކުގެ ފަސްގަނޑު ބޭނުންކުރިޔަނުދޭން، އީރާނުގެ ރައީސް މަސްޢޫދު ޕިޒީޝްކިޔާން ގޮވާލައްވައިފިއެވެ. ފެބްރުއަރީ 28ގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރި ޢުދުވާނުގެ ދިފާޢުގައި، އީރާނަށް ޙަމަލާދިނުމަށް ބޭނުންކުރާ ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ޕިޒީޝްކިޔާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އީރާނުން އިސްވެ ޙަމަލާނުދޭނެކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައިފައެވެ. ނަމަވެސް، އީރާނުގެ އުމްރާނީ ވަޞީލަތްތަކަށް ޙަމަލާދޭނަމަ، ވަރުގަދައަށް ރައްދު ދެމުންދާނެކަމުގެ އިންޒާރު އޭނާ މިއަދުވެސް ވަނީ ދެއްވައިފައެވެ. އެއާއެކު އޭނާ ވަނީ އީރާނުގެ އަވައްޓެރި ޤައުމުތަކަށް ވެސް އިންޒާރެއް ދެއްވައިފައެވެ.
“އަވައްޓެރި ޤައުމުތަކަށް ދަންނަވާލަން އޮތީ، ތަރައްޤީ އާއި ރައްކާތެރިކަން ބޭނުންވާނަމަ، މި ހަނގުރާމަ ކުރިއަށް ގެންދަން، އަވައްޓެރިންގެ ފަސްގަނޑު ބޭނުންކުރުމުގެ ފުރުޞަތު އީރާނުގެ ދުޝަމަނުންނަށް ނުދޭށޭ،” އޭނާ ވިދާޅުވިއެވެ. ނުސީދާ ގޮތުން ވެސް މި ހަނގުރާމައިގައި ބައިވެރިނުވުމަށް އީރާނުން ދަނީ ގަލްފުގެ ޤައުމުތަކަށް ތަކުރާރުކޮށް ގޮވާލަމުންނެވެ. މިގޮތުން، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް ޢާރާޤިޗީ ވެސް ވަނީ އެމެރިކާއާ ދުރަށްޖެހުމަށް ގަލްފުގެ ޤައުމުތަކަށް ގޮވާލައްވައިފައެވެ. މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ މިހާރު މަހަކަށް ވުރެ ގިނަ ދުވަހަށް ދިގުލައިގެން ގޮސްފައިވާއިރު، އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލުގެ ދިފާޢުގައި އީރާނުން ދެމުންދާ ޙަމަލާތައް ވެސް ވަނީ ވަރުގަދަކޮށްފައެވެ.
މިގޮތުން، ސަޢުދީ ޢަރަބިއްޔާގައި ހުންނަ އެމެރިކާގެ އަސްކަރީ ވައިގެ ބަނދަރަކަށް އީރާނުން އިއްޔެ ދިން ޙަމަލާއެއްގައި އެމެރިކާ ސިފައިން 12 މީހަކު ވަނީ ޒަޚަމްވެފައެވެ. ސަޢުދީ ޢަރަބިއްޔާގެ އިތުރުން، ކުވެއިތަށް ވެސް އީރާނުގެ ވައިގެ ޙަމަލާތައް އަމާޒުކޮށްފައިވާކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިޔާއިން ބުނެފައިވެއެވެ. މިގޮތުން، އިއްޔެ ދިން ޑްރޯން ޙަމަލާތަކުގައި، ކުވެއިތު އިންޓަރނޭޝަނަލް އެއާޕޯޓުގެ ރާޑަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އެ ޙަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ވެސް ބުންޏެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
