
ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް)
އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުގެ ސަބަބުން އޭނާގެ މަޤުބޫލުކަން، ވެރިކަމާ ޙަވާލުވެވަޑައިގެންވި ފަހުން ވެއްޓިފައިވާ އެންމެ ދަށު ދަރަޖައަށް ވެއްޓިއްޖެއެވެ. ޔަހޫދީންނާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ ފަށްޓަވާފައި ވަނީ ފެބުރުވަރީ 28 ގައެވެ.ރޮއިޓަރސް އަދި އިޕްސޮސްއިން މާރިޗު 25 ވަނަ ދުވަހު ޢާންމުކުރި ޚިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާ ރައްޔިތުންގެ ތެރެއިން %61 މީހުން ޓްރަމްޕްގެ ހަނގުރާމައާ ދެކޮޅެވެ. މިއާއެކު، އޭނާއަށް ޖުމުލަ ގޮތެއްގައި ތާޢީދުކުރާ މީހުންގެ އިންސައްތަ ވެސް ވަނީ %36 ދަށްވެފައެވެ. އެސޯސިއޭޓެޑް ޕްރެސް އަދި އެންއޯއާރްސީ ސެންޓަރ ފޯ ޕަބްލިކް އެފެއާޒް ރީސަރޗްގެ ސާވޭއެއްގައި ބައިވެރިވި އެމެރިކާގެ ރައްޔިތުންގެ ތެރެއިން %59 މީހުން ދެކެނީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ އިންސާފުން ބޭރު، މާ ފުޅާ ހަނގުރާމައެއްގެ ގޮތުގައެވެ.
ފެބުރުއަރީ 28 ގައި ޔަހޫދީންނާއި އެމެރިކާ ގުޅިގެން ފެށި މި ހަނގުރާމައިގައި އީރާނުން ދަނީ އަމިއްލަ ދިފާޢުގައި ރައްދު ޙަމަލާ ދެމުންނެވެ. ޙަމަލާތައް އަމާޒުކުރަމުން ދަނީ ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ޞަހްޔޫނީ ދައުލަތުގެ ރަށްތަކަށެވެ. އަދި، ޔަހޫދީންނާއި އެމެރިކާގެ އުޅަނދުފަހަރަށް ހުރްމުޒް ކަނޑުއޮޅި ވަނީ ބަންދުކޮށްފައެވެ. އީރާނުގެ ޙަމަލާތަކުގައި ޔަހޫދީންގެ 19 މީހުން މަރުވެ، 5,492 މީހުން ވަނީ ޒަޚަމުވެފައެވެ.
އީރާންގެ ވަރުގަދަ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 13 މީހުން މަރުވެފައިވާ ކަން ވެސް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. މީގެ އިތުރުން، މާރިޗު 13 ގައި ޢިރާޤުގެ ހުޅަނގު ސަރަޙައްދަށް އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި ހަ ފަޅުވެރިން ވެސް ވަނީ މަރުވެފައެވެ. ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން ދެ ފަރާތުގެ ދެމެދުގައި މެސެޖުތައް ބަދަލުކުރައްމުންދާއިރު، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަނުން އަދިވެސް ދަނީ ހުޅަނގު އޭޝިޔާ ސަރަޙައްދަށް އިތުރު ސިފައިންނާއި ހަތިޔާރު ފޮނުވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
