
(ފޮޓޯ ކްރެޑިޓްސް: ފުލުހުންގެ ޙިދުމަތް)
ދިވެހި ފުލުހުންގެ ޚިދުމަތަކީ 1933 މާރޗް 29 ގައި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ ދަށުން ފެށުނު، 93 އަހަރުވީ ދުވަސްވީ މުއައްސަސާއެކެވެ. އެންމެ 120 މީހުންނާއެކު މާލޭގައި ފެށި މި ޚިދުމަތް، ސިފައިންގެ ބައެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު، މަދަނީ ޚިދުމަތެއްގެ ގޮތުގައި ސިފައިންނާ ވަކިވީ 2004 ވަނަ އަހަރުއެވެ. އަތޮޅުތެރެއަށް މި ޚިދުމަތް ފުޅާވާން ފެށީ 1993 ގައި ސ. ގަމުން ކަމަށްވާއިރު، މިއަދު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމުކުރެވިފައެވެ.
ފުލުހުންގެ މައިގަނޑު މަސްއޫލިއްޔަތަކީ މުޖުތަމަޢުގެ އަމާންކަން ބެލެހެއްޓުމާއި، މީހުންނާއި މުދާ ރައްކާތެރިކުރުމުގެ އިތުރުން ޖިނާއީ ކުށްތައް ތަޙްޤީޤުކޮށް ޤާނޫނު ނެގެހެއްޓުމެވެ. މި ޒިންމާތައް އަދާކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު ޚާއްޞަ ސެންޓަރުތައް އުފައްދައި، ނެއިބަރހުޑް ޕޮލިސިންގ ފަދަ ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ނިޒާމުތައް މިހާރު ވަނީ ތަޢާރަފުކޮށްފައެވެ. ފުލުހުންގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ކޮންމެ މީހަކަށްވެސް ރައްކާތެރި އަމާން މުޖުތަމަޢެއް ކަށަވަރުކޮށްދިނުމެވެ.
About Post Author
މާދަމާ ނިއުސް
ބުލީކުރުމާއި ދެކޮޅަށް އެކުލަވާލާ ޤާނޫނަށް ބޭރުގެ ލަފާދަނީ ހޯދަމުން: ރައީސް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ބުލީކުރުން ހުއްޓުވުމަށްޓަކައި "އެންޓި ބުލީ ޤާނޫނު" އެކުލަވާލުމުގެ މަސައްކަތް ބޭރުގެ ލަފަޔާއި ފަންނީ ބޭފުޅުންގެ މަޝްވަރާއާއެކު ސަރުކާރުން ދަނީ...
“ހުރިހާ ރަށެއްގެ ފިޓްނަސް ސެންޓަރުތައް އަންނަ އަހަރު ނިމޭނެ”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް...
“އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދެވުމަކީ ހެޔޮވެރިކަމުގެ ސިފައެއް”
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) އިޤުތިސާދީ ގޮންޖެހުންތަކާއެކުވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ހެޔޮ ވެރިކަމެއް ކުރާކަމުގެ ހެއްކެއްކަމަށް ނައިބު...
މިނިވަން ދުވަހުގެ ހަރަކާތްތަކަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު ރާއްޖެ ވަޑައިގެންފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް،...
މުޖުތަމަޢުގެ އެއްބައިވަންތަކަން ރައްކާތެރިކުރުމަކީ ދީނީ އަދި ޤައުމީ ވާޖިބެއް: ޚުޠުބާ
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިދިޔަ ހުކުރު ޚުޠުބާގައި އަލިއަޅުވާލާފައިވަނީ "މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުން" މި މައުޟޫއަށެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ހިމާޔަތްކުރުމަކީ ކޮންމެ...
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
