Read Time:2 Minute, 24 Second

(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)

 

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ޕާފޯމަންސް ދަށްވާނަމަ ނުވަތަ ޤާނޫނާ ޚިލާފުވާނަމަ، ރައްޔިތުންނަށް ޕެޓިޝަނެއް މެދުވެރިކޮށް އެ މެންބަރުން މަޤާމުން ވަކިކުރެވޭ ގޮތަށް ޤާނޫނު އިޞްލާޙު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމަށާއި، ރިޔާސީ ދައުރު ނޮވެމްބަރު 11 ގައި ފަށާ ގޮތަށް ބަދަލުކުރުމާއި، އެއް ބުރުން ރައީސަކު ހޮވޭ “ޕްރިފަރެންޝަލް ވޯޓިންގ” ނިޒާމެއް ތަޢާރަފުކުރުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

 

 

ސަރުކާރުގެ ރިފޯމް ޕެކޭޖުގެ ދަށުން މަޖިލީހުގައި އަންހެނުންނާއި ޒުވާނުންނަށް ޚާއްޞަ ގޮނޑިތަކެއް ކަނޑައެޅުމަށާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ މިނިވަންކަން ކަށަވަރުކުރުމަށް ޤާނޫނީ ބަދަލުތައް ގެނައުމަށް ވަނީ ރޭވިފައެވެ. މީގެ ތެރޭގައި ޖޭއެސްސީގެ އެކުލެވުން ބަދަލުކުރުމާއި ފަނޑިޔާރުންގެ ފެންވަރު މަތިކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ. މި ހުރިހާ ބަދަލުތަކެއް ގެނައުމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ރިއާޔަތްކުރައްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

About Post Author

މާދަމާ ނިއުސް

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %