
ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް
އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ހައްޔަރު ކުރަން ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނެރުނު އަމުރަށް، ރައީސް، ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން މިއަމުރު ނެރެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާންމާއި ގުޅިގެންނެވެ. އިއްޔެ ނެރުނު އެ އަމުރުގައި ނަތަންޔާހޫގެ އިތުރުން އޭނާގެ ސަރުކާރުގެ ކުރީގެ ޑިފެންސް މިނިސްޓަރު، ޔޯވް ގަލަންޓް އާއި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ދިއާބް އިބްރާހިމް އަލް މަސްރީ ހައްޔަރު ކުރުމަށް ވެސް އަމުރު ކޮށްފައެވެ.
މިކަމާއި ގުޅިގެން “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ނިންމި ނިންމުމަށް ރާއްޖޭން މަރުހަބާ ކިޔާ ކަމަށާއި މިއީ ނިރުބަވެރި އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާއި ހިލާފަށް ދެމުން އަންނަ ހަމަލާތަކަށް އެމީހުން ޒިންމާދާރު ކުރުމަށް އެޅޭ ވަރަށް ވެސް މުހިންމު ފިޔަވަޅެއް ކަމަށެވެ. ރައީސް ވިިދާޅުވީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން އެޅި އެ ފިޔަވަޅަށް ފުރިހަމައަށް ރާއްޖޭން އިހުތިރާމު ކުރާ ކަމަށެވެ. އަދި އެ ކޯޓުން ނިންމުން ތަންފީޒު ކުރުމުގެ މުހިންމުކަން ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
The #Maldives welcomes the @IntlCrimCourt‘s decisions today with regard to the situation in the State of Palestine. This is a crucial step towards ensuring accountability for war crimes and crimes against humanity.
The Maldives respects the decisions of the ICC and underscores…
— Dr Mohamed Muizzu (@MMuizzu) November 21, 2024
އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ކާން ވިދާޅުވީ އެ މީހުންގެ މައްޗަށް ކުރާ އެ ދައުވާތަކަކީ “ނައްތާލުމަށް މަގުފަހިކޮށްދިނުމާއި، ހަނގުރާމަ ކުރުމުގެ ނަމުގައި ބަނޑުހައިހޫނުކަން އުފައްދައި، އިންސާނީ އެހީގެ ސާމާނު ނުދިނުމާއި، އާންމުންނަށް އަމާޒުކުރުމުގެ ކުށުގެ ދައުވާ” ކަމަށެވެ. 2002 ވަނަ އަހަރު އުފެއްދި އައިސީސީއަކީ ޖަރީމާތަކާއި ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ފަދަ ބޮޑެތި ކުށްތައް ބެލުމަށް އުފައްދާފައިވާ ދުނިޔޭގެ ހަމައެކަނި މިނިވަން ކޯޓެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
