
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް)
ރާއްޖޭގެ އިންތިޚާބުތަކުގައި ވޯޓުލުމަކީ 18 އަހަރު ފުރިފައިވާ ކޮންމެ ދިވެއްސަކަށް ލިބިގެންވާ ގާނޫނީ ހައްގަކަށްވާއިރު، ވޯޓުލާ މީހާގެ ސައްޙަކަން ކަށަވަރުކުރަން ވަކި ލިޔެކިޔުންތަކެއް ބޭނުންވެއެވެ. މިހާރުގެ ޓެކްނޮލޮޖީއާއެކު ގިނަ ޚިދުމަތްތަކަށް “އީފާސް” މެދުވެރިކޮށް ޑިޖިޓަލް އައިޑީކާޑު ބޭނުންކުރެވުނު ނަމަވެސް، ވޯޓުލާ މަރުކަޒުތަކުގައި އެ ބޭނުމެއް ނުކުރެވެއެވެ. މީގެ މައިގަނޑު ސަބަބަކީ އިންތިޚާބުތަކާބެހޭ އާންމު ގާނޫނުގައި ވޯޓުލާ މަރުކަޒަށް އަޑާއި މަންޒަރު ރެކޯޑުކުރެވޭ ފަދަ އިލެކްޓްރޯނިކް ސާމާނު ވެއްދުން މަނާކޮށްފައި އޮތުމެވެ. އެހެންކަމުން، ޑިޖިޓަލް އައިޑީކާޑު ދައްކަން ފޯނު ބޭނުންކުރަން ޖެހޭތީ، މިހާރު އޮތް ގާނޫނީ އޮނިގަނޑުގެ ތެރެއިން އެ ފުރުސަތެއް ނޯވެއެވެ. ވޯޓުލާންދާއިރު އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ލައިސަންސް ކާޑުގެ މުއްދަތު ހަމަނުވާ އަސްލު ގެންދިއުމަކީ ވޯޓުލުމުގެ ހައްގު ކަށަވަރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
About Post Author
މާދަމާ ނިއުސް
ޕާސްޕޯޓުގެ އާ ހިދުމަތަކާ އެކު، އިމިގްރޭޝަންގެ ތާރީހީ މައުރަޒު ހުޅުވައިފި
(ފޮޓޯ ކްރެޑިޓްސް: މޯލްޑިވްސް އިމިގްރޭޝަން) މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމަށްޓަކައި އާ ބަދަލުތަކެއް ގެނެސްފިއެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން...
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް އައު މިސްރާބަކަށް
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިރާއްޖޭގެ އިގުތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިގުތިޞާދު ސިންދަފާތު ކުރުމަށް ރައީސް ޑރ. މުއިއްޒުގެ...
ރާއްޖެއައި ފަތުރުވެރިންގެ %32އަކީ އެކި ދާއިރާތަކުގެ ޕްރޮފެޝަނަލުން
(ފޮޓޯ ކްރެޑިޓްސް: ލެޓްސް ގޯ މޯލްޑިވްސް) މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ތެރެއިން 58 އިންސައްތައަކީ އެކި ދާއިރާތަކުގެ...
ރާއްޖެއަކީ އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް މަންޒިލެއް: ސަފީރު މަޚްލޫފް
(ފޮޓޯ ކްރެޑިޓްސް: ޖަޕާން އެމްބަސީ) ދިވެހިރާއްޖެއަކީ އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހި މަންޒިލެއްގެ ގޮތުގައި، ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙުމަދު މަޚުލޫފު ސިފަކުރައްވައިފިއެވެ. ޖަޕާނު...
ވިޔަފާރި ބަނދަރު ތިލަފުއްޓަށް: އިޤްތިޞާދު ހިނގައިގަތުމަށް ލިބޭ ބޮޑު ކުރިއެރުމެއް
(ފޮޓޯ ކްރެޑިޓްސް: އެމްޕީއެލް) މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއަރުވައި، އިމްޕޯޓް މުދާ ކްލިއަރ ކުރުމުގައި ދިމާވާ...
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ބައިގައި ގަވާއިދާ ހިލާފަށް ޕާކު ކުރާ ނަމަ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: މިހާރު) ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ހެންވޭރު ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްގީކުރި ސަރަހައްދު މިއަދު ވަނީ...
