
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4000 ހައުސިން ޔުނިޓުގެ ޓަވަރުތަކުގައި ކޮމާޝަލް ޖާގަތަކަށް ހުޅުވާލުމަށް ތައްޔާރުވާން ފަށައިފިއެވެ. އެފްޑީސީއިން ބުނީ، 4000 ހައުސިން ޔުނިޓުގެ 32 ޓަވަރުގައި 127 ކޮމާޝަލް ޔުނިޓް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. މި ޖާގަތަކަކީ ރީޓެއިލް ފިހާރަތައް، ކެފޭ ރެސްޓޯރެންޓްތަކާއި ކްލިނިކްތަކުގެ އިތުރުން އޮފީސްތައް ވެސް ހިންގަން ލިބޭނެ ޖާގަތައް ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. އެފްޑީސީން ބުނީ، އެ ޖާގަތައް ހޯދަން ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.
28،400 މީހުން ދިރިއުޅޭނެ ކަމަށް ބެލެވޭ މި ޓަވަރުތަކުގައި ކޮމާޝަލް ބޭނުމަށް ދޫކުރުމަށް ނިންމާފައިވަނީ 580-6200 އަކަފޫޓޫގެ ޖާގަތައް ކަމަށާއި ކޮމާޝަލް ރޭޓުތަކުގެ އަގު އުޅެނީ އަކަފޫޓެއް 40-45 ރުފިޔާ ކަމަށް އެފްޑީސީން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓުގައި ޖުމްލަ 32 ޓަވަރު އިމާރާތް ކުރެވޭއިރު، މި ޓަވަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އަސާސީ އަދި އެހެނިހެން ބޭނުންތަކަށް ބޭނުންވާނެ ހިދުމަތްތައް އެސަރަހައްދުން ލިބުމަކީ އެފްޑީސީން އިސްކަމެއް ދޭ ކަމެކެވެ. އެހެން ކަމުން އެފްޑީސީން ބުނީ އެ ހިދުމަތްތަކާއި ވިޔަފާރިތައް ހުންނާނީ ހިނގާފައި ދެވޭނެ ދުރުމިންތަކަށް އިސްކަންދީގެން 6 ޒޯނަކަށް ބަހާލެވިފައި ކަމަށެވެ.
އެފްޑީސީން ބުނީ، ކޮމާޝަލް އެލޮކޭޝަން ޕްލޭން ތަރައްގީ ކުރުމުގެ މައިގަނޑު މަގްސަދަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން އަސާސީ ހިދުމަތްތައް ލިބޭނެ ގޮތް ހެދުން ކަމަށެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
