
ފޮޓޯ ކްރެޑިޓްސް: ވަގުތު
އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށުގައި ހައްޔަރުކޮށް، ޖަލަށްލާފައިވާ ހއ. ހޯރަފުށީ ހާޝިމް އަބޫބަކުރު 57އ. މިނިވަންކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް، އޭނާ ހުރީ ފަރުވާއަށް ވަގުތީ ގޮތުން ގޭބަންދުގައި ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.
12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ހާޝިމް ދޫކޮށްލާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އޭނާއަކީ 2022 ވަނަ އަހަރުން ފެށިގެން އުނަގަނޑުގެ މައްސަލައެއް ހުރެ، އެކަމުގެ ވޭން ތަހައްމަލު ކުރަމުންދާ މީހެއް ކަަމަށެވެ. އަދި އޭނާގެ ސާޖަރީއެެއް ކުރެވެން ނެތް ކަަމަށް ޑޮކްޓަރުން ދެއްވި ލަފާގެ މަތިން ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމުމާއެކު، އޭނާ ރާއްޖެއިން ބޭރަށް، ބޭސްފަރުވާއަށް ދިއުމުގެ ހުއްދަ އޮގަސްޓް 5 ވަނަ ދުވަހު ދިނުމާއި ގުޅިގެން، އޭނާ ބޭސް ފަރުވާ ހޯދުމަށް ފަހު 16 ސެޕްޓެމްބަރުގައި މާލެ އައިސްފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.
“އަދި ހާޝިމް އަބޫބަކުރުގެ ބަލި ހާލަތު ހުރި ގޮތުން ޑޮކްތަރު ދެއްވާފައިވާ ރެކަމެންޑޭޝަން އާއި އެއްގޮތަށް ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭނެތީ، އޭނާ ވަނީ ހުކުމް ތަންފީޒު ކުރުމަށް ވަގުތީ ގޮތުން ގޭބަންދުގައި ބެހެއްޓިފައެވެ.”. ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
