
އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އާއި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން، މެލޭޝިޔާގެ ބައެއް ޔުނިވާސިޓީތަކުގެ ގިނަ އަދަދެއްގެ ޕްރޮގްރާމްތަކަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުން ދިނުމަށް ހަމަޖެހިއްޖެއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ ޑިސްކައުންޓަށް އެދުމަށް ޝަރުތު ހަމަވާނީ ތިން ހާލަތެއްގައިވާ ދިވެހި ދަރިވަރުން ކަމަށެވެ.
ފުރަތަމަ ޝަރުތަކީ ޑިސްކައުންޓް ލިބިގެން ފުރިހަމަކުރުމަށް އެދޭ ޕްރޮގްރާމާއި އެއް ފެންވަރެއްގެ ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ޕްރޮގްރާމެއް، ފުރިހަމަކޮށްފައިވުން ނުވަތަ ފުރިހަމަ ކުރަމުން ދިޔުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ދެވަނަ ޝަރުތަކީ އެ މިނިސްޓްރީ ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަން މެދުވެރިވެގެން މަތީ ތައުލީމު ހާސިލުކުރުމަށް މާލި އެހީ ލިބިފައިވާ ފަރާތެއް ނަމަ، އަނބުރާ ދައްކަން ޖެހިފައިވާ ފައިސާ ޑީފޯލްޓެއްވެފައިވުން ކަމަށެވެ.
އަދި ތިން ވަނަ ޝަރުތަކީ މިނިސްޓްރީ މެދުވެރިވެގެން ލިބެން ހަމަޖެހުނު ލޯނެއްގެ ފައިސާ ލިބެމުން ދިޔުން ނުވަތަ ސޮއިކޮށްފައިވާ ލޯނު އެއްބަސްވުމުގައި ފައިސާ ދޫކުރުމަށް ކަނޑައެޅިފައިވާ ތާވަލްގެ މުއްދަތުގެ ތެރޭގައިވުން ކަމަށް ވެސް ވިދާޅުވެއެވެ.
މިނިސްޓްރީން ވިދާޅުވީ މި ޑިސްކައުންޓް ލިބިގެން ކިޔެވެންހުރި ޕްރޮގްރާމްތަކާއި އެ ޕްރޮގްރާމްތަށް ހިންގާ ކޮލެޖް ނުވަތަ ޔުނިވާސިޓީތަކުގެ މައުލުމާތު ލިންކް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.
އެ ޑިސްކައުންޓަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލްގައި، އެޕްލިކޭޝަންފުރާއިރު، ޑިސްކައުންޓް ލިބުމަށް އެދޭ ޕްރޮގްރާމުގެ ނަމާއެކު، އެ ޕްރޮގްރާމަށް މި މިނިސްޓްރީން ދީފައިވާ ޕްރޮގްރާމް ކޯޑް ލިޔުމަށް ސަމާލްކަން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
