
ފޮޓޯ ކްރެޑިޓްސް: ވަގުތު
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހުގައި ހަމައެކަނި އިސްރާއީލްގެ ވެރިންނާއި ސިފައިން ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދިދާނެ ކަމަށް މަޖިލިހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ނާޒިމް ވިދާޅުވީ އިސްރާއީލްގެ ފާސްޕޯޓް އޮންނަ މީހުން އެހެން ގައުމުތަކުގައި ވެސް އުޅޭ ކަމަށެވެ. ހާއްސަކޮށް، އެމެރިކާގައި އެފަދަ މީހުން އުޅޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އެހެން ކަމުން އިސްރާއީލްގެ ޕާސްޕޯޓް އޮންނަ އެކަމަކު، އެހެން ގައުމެއްގެ ރައްޔިތަކަށް ވެސް އެމީހާ ވެދާނެ ކަން ނާޒިމް ފާހަގަ ކުރެއްވިއެވެ. އެ ހުރިހާ ތަފްސީލެއް އެނގޭ ގޮތަށް މައުލޫމާތު ހޯދުމަށް ފެންނަ ކަމަށް ވިދާޅުވިއެވެ.
“މިސާލަކަށް އާޖެންޓީނާއަކީ ވަރަށް ގިނަ އިސްރާއީލް މީހުން ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ހިޖުރަކުރި ގައުމެއް. އެމީހާ އާޖެންޓީނާ ޕާސްޕޯޓަށްވުރެ ބޮޑަށް ފޭވާ ކުރަނީ އިސްރާއީލް ޕާސްޕޯޓަށް. އެއީ ވިސާއަށް ނުލާ އެމެރިކާއަށް ދެވޭތީ. އުރުދުން އާއި ފަލަސްތީނުގައި އުޅޭނެ އަރަބިން. އެ ތަފާސްހިސާބުތައް އަޅުގަނޑުމެންގެ އިމިގްރޭޝަން ސިސްޓަމްގައި ހުރީމަ ބަލާފައި އަޅުގަނޑުމެން މި ދައްކަނީ ކިހާ ވޮލިއުމެއްގެ ވާހަކައެއްތޯ ބަލަންޖެހޭ.” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އިސްރާއީލްގެ ޕާސްޕޯޓަކަށް ވީތީ މަނާ ކުރާކަށް ނުފެންނަ ކަމަށެވެ. އެއީ އިސްރާއީލްގެ ޕާސްޕޯޓުގައި އަރަބިންނާ މުސްލިމުން އުޅޭތީ ކަމަށް ވިދާޅުވިއެވެ. އެ އދ ތަންތަނުން ވެސް ފިޔަވަޅު އަޅާއިރުގައި އަޅަނީ މިލިޓަރީ އެންޓަޓީގައި އުޅޭ ފަރާތްތަކަށާއި އިންސާނީ ހައްގުތަކަށް އަރައިގަންނަ މީހުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އިސްރާއީލް ސަރުކާރަށް ނިސްބަވްތާ އަދި އަސްކަރިއްޔާ އަށް ނިސްބަތްވާ މީހުން ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ހެދިދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލިހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ވަނީ ފޮނުވި ނަމަވެސް އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް ފެށީ މީގެ ދުވަސްތަކެއް ކުރިންނެވެ.
ބިލުގައިވަނީ އިސްރާއީލް ޕާސްޕޯޓާއި އެހެން ގައުމެއްގެ ޕާސްޕޯޓެއް އޮތް އިސްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި އިސްރާއީލުން ފަލަސްތީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ފަލަސްތީނާ އެއްކޮޅަށް ވަރުގަދަ ސްޓޭންޑެއް ނަގައިފައެވެ. ހާއްސަކޮށް، ރައީސް ޑރ. މުއިއްޒު ގެންދަވަނީ ފަލަސްތީނުގެ ދިފާއުގައި ވަރަށް ވަރުގަދައަށް ވަކާލާތު ކުރައްވަމުންނެވެ.
About Post Author
މާދަމާ ނިއުސް
ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރާ ގިނަ މައްސަލަތަކެއް، ޤާނޫނީ ފިޔަވަޅު އަޅަނީ
(ފޮޓޯ ކްރެޑިޓްސް: ރޮއިޓާރސް) ރާއްޖޭގައި ޤަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރަން ހުޅުވާލި ހޮޓްލައިނަށް 65 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި،...
ޤައުމީ އިޙުތިރާމް އަދާކުރުމުގެ ދުވަސް އަހަރަކު އެއްފަހަރު ފާހަގަކުރުމަށް ނިންމަވައިފި
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ދިވެހިންގެ ތެރޭގައި އޮތް އިޙުތިރާމްކުރުމުގެ ރިވެތި އާދަ އަލުން އަށަގެންނެވުމަށްޓަކައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި...
ފޯޅަވަހީގެ މައްސަލައިގައި ރަސްމީ ވާހަކަތަކަށް އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އެ މައްސަލައިގައި...
ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް ހުޅުވާލަނީ
(ފޮޓޯ ކްރެޑިޓްސް: ރައީސް އޮފީސް) ގެދޮރު އިމާރާތްކުރުމަށް ނަގާ ލޯނުތަކަށް ބޭންކަށް ދައްކަންޖެހޭ އިކުއިޓީގެ ތެރެއިން ވަކި މިންވަރެއް ހިލޭ ފޯރުކޮށްދިނުމުގެ ގޮތުން، އިކުއިޓީ...
“މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާއިދާއެކު 18 އަހަރުވީ ދިގު ހުސްކަމަށް ނިމުމެއް”
(ފޮޓޯ ކްރެޑިޓްސް: މުޙައްމަދު ވަހީދު) މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ޢަމަލުކުރަން ފެށުމާއެކު، ވޭތުވެދިޔަ 18 އަހަރުވީ ދިގު...
ޔާމީނު ދެކޭ ވެރިކަމުގެ ހުވަފެން: މިހާރު އެ އުޅުއްވަނީ އަރާނެ އޮޑިއެއް ނޭނގިގެން އުޅޭ ފަޅުވެރިއެއްހެން!
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ) ކުރީގެ ރައީސް އަބްދުﷲ ޔާމީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު...
