
(ފޮޓޯ ކްރެޑިޓްސް: ހައުސިންގ މިނިސްޓްރީ)
މާލޭގެ ބާޒާރުމަތީގައި ހުރި މާރުކޭޓުތައް ތަރައްޤީކުރުމަށްޓަކައި 6 ފަންގިފިލާގެ ޒަމާނީ މާރުކޭޓް ކޮމްޕްލެކްސްއެއް އެޅުމުގެ މަޝްރޫޢު ސަރުކާރުން ވަނީ ފަށާފައެވެ. ޓްރަސްޓެންގ މޯލްޑިވްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 126.4 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން، މިހާރުގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި 95،000 އަކަފޫޓުގެ ބޮޑު އިމާރާތެއް ބިނާކުރާނެއެވެ.
މި އިމާރާތުގެ ބޭސްމަންޓް 400 ސައިކަލުގެ ޕާކިންގއަށް ޚާއްސަކުރާއިރު، ގްރައުންޑް ފްލޯގައި 110 ގޮޅިއާއެކު ސިއްޙީ މިންގަނޑުތަކަށް ފެތޭ މަސް މާރުކޭޓަކާއި 5 ޓަނުގެ އައިސް ޕްލާންޓެއް ހުންނާނެއެވެ. އިމާރާތުގެ 1 ވަނަ ފަންގިފިލާއިން ފެށިގެން 3 ވަނަ ފަންގިފިލާއާ ހަމައަށް ޚާއްސަކޮށްފައިވަނީ މޭވާ، ތަރުކާރީ އަދި ކާބޯތަކެތީގެ އެކި ބާވަތްތައް ވިއްކުމަށެވެ. މި ތިން ފަންގިފިލާގައި ޖުމުލަ 455 ގޮޅި ހުންނާނެއެވެ. އެންމެ މަތީ ފަންގިފިލާގައި ފުޑް ކޯޓެއް ތަރައްޤީކުރާއިރު، ހުރިހާ ގޮޅިތަކެއްވެސް ދޫކުރާނީ ފަރުނީޗަރާއެކު ފުރިހަމައަށް ތައްޔާރުކޮށްފައެވެ.
ބާޒާރުމަތީގެ ތޮއްޖެހުން ކުޑަކޮށް، ޚިދުމަތް ހޯދާ މީހުންނަށް ފަސޭހަ މާޙައުލެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ މި މަސައްކަތް 1 އަހަރާއި 8 މަސްދުވަހުގެ ތެރޭގައި ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. މީގެ އިތުރުން އެ ސަރަޙައްދުގެ މަގުތަކާއި ބަނދަރުވެސް މިހާރު އަންނަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
