
ފާއިތުވި ދެ އަހަރު ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއިން އައްޑޫސިޓީއަށް އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވުމާ ގުޅިގެން، ވަޒީރު އިހުސާން ވަނީ އެކަން ދޮގުކުރައްވައި އައްޑޫގައި ހިންގާފައިވާ މުހިންމު މަޝްރޫއުތަކުގެ ތަފުސީލު ހާމަކުރައްވާފައެވެ.
މީގެ ތެރޭގައި ހިތަދޫ އާއި ފޭދޫގައި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފެށުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި ބައެއް މީހުން ހިފަހައްޓާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކަސްޓަމްސްގެ ރީޖަނަލް އޮފީހާއި ފުލުހުންގެ އެކޮމޮޑޭޝަން އިމާރާތްތަކުގެ މަސައްކަތް އަވަސްކޮށް، ފުލުހުންގެ ހިދުމަތްތައް ފުޅާކުރުމަށް އައު އިމާރާތްތަކެއް ބިނާކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އައްޑޫގައި ތިބި ފުލުހުންގެ އަދަދު 19 އިންސައްތަ އިތުރުކޮށްފައިވާ ކަމަށާއި، މާރާމާރީ އާއި ފޭރުމުގެ މައްސަލަތައް ފާހަގަކުރެވޭ މިންވަރަކަށް މަދުކުރެވިފައިވާ ކަމަށެވެ. އަދި ޑްރަގް ނެޓްވޯކުތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގައި، ކައުންސިލުގެ ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. މި ހަގީގަތްތައް މޭޔަރަށް އެނގިވަޑައިނުގަތީ ސަރުކާރާ އިދިކޮޅު ވިސްނުމެއްގައި މަސައްކަތް ކުރާތީ ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ފުރިހަމަ ހިދުމަތް ދިނުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ ބަޔަކު އިންތިހާބުކުރުން މުހިންމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
