
(ފޮޓޯ ކްރެޑިޓްސް: އެކި.އެމްވީ)
2008 ވަނަ އަހަރުގެ އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު ވަކިވަކިން ބޭއްވުމުގެ ސަބަބުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. އާ ސަރުކާރެއް އުފެދޭތާ ކުރީކޮޅު މަޖިލީހުގެ މެޖޯރިޓީ ނެތުމުން، ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްއެޅި، ބަޖެޓާއި ވަޒީރުންނަށް ރުހުން ދިނުން ފަދަ ކަންކަމުގައި ދަތިތަކާ ކުރިމަތިވެއެވެ. މީގެ އިތުރުން، މަޖިލީސް އިންތިޚާބަށް އަމާޒުކޮށް ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ އާންމު ކަމަކަށް ވެފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަމެކެވެ.
މި މައްސަލަތަކަށް އޮތް ހައްލަކީ ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުން ކަމަށް ރައީސް ޑރ. މުޢިއްޒާއި، ކުރީގެ ރައީސުން ކަމަށްވާ ނަޝީދާއި ޞާލިޙްގެ އިތުރުން ޖޭޕީ، އެމްޑީއޭ އަދި އަދާލަތު ފަދަ ސިޔާސީ ޕާޓީތަކުން ވެސް އެކި ދުވަސްވަރު ވަނީ އެއްބަސްވެފައެވެ. ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި މި ބަދަލުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ސިޔާސީ ހަމަޖެހުމަށް މަގުފަހިވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވެސް ދެކޭ ގޮތުގައި މިއީ މާލީ ގޮތުންނާއި އިދާރީ ގޮތުން ރާއްޖެއަށް އެންމެ ފައިދާހުރި ގޮތެވެ. އެހެންކަމުން، މިކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
About Post Author
މާދަމާ ނިއުސް
“މިނިވަންދުވަހު ދެއްކި ވާހަކަތަކަކީ ޤައުމަށްޓަކައި ދައްކަންޖެހޭ ވާހަކަތަކެއް”
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ ވާހަކަތަކެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހަގީގީ މިނިވަންކަމާއި...
ޕޯޓްގެ %80 ތިލަފުއްޓަށް، އެހެން ޙިދުމަތްތައް އިންޑަސްޓްރިއަލް ވިލެޖަށް
އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވި...
“ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދަންކުރާ މަސައްކަތުގެ ނަތީޖާ ނެރެވޭނެ”
(ފޮޓޯ ކްރެޑިޓްށް: ޕީއެސްއެމް ނިއުސް) ކޮރަޕްޝަނުގެ ސަބަބުން ދައުލަތަށް ގެއްލިފައިވާ މުދަލާއި ފައިސާ ހޯދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ....
އެންމެކުޑަ ރޭޓާއެކު ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ހާއްސަ ފައިނޭންސިން ފެސިލިޓީއެއް
(ފޮޓޯ ކްރެޑިޓްސް: ބީއެމްއެލް) ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގެ ސަފާރީ ނުވަތަ ލިވްއެބޯޑް ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ތައާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ އުޅަނދު...
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާ 280 މިލިޔަން ރުފިޔާގައި
(ފޮޓޯ ކްރެޑިޓްސް: ޕީއެސްއެމް ނިއުސް) މިއަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ...
ރިސޯޓް ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެ
މިއަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓް ކުލީގެ ގޮތުގައި ދައުލަތަށް 1.1 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި...
